ސިޔާސީ ވެރިން ހައްޔަރުނުކޮށް ވެރިކަން ކުރާ ހަމައެކަނި ރައީސް އަކީ ރައީސް މުއިއްޒު- ހެލްތް މިނިސްޓަރ
ހެލްތް މިނިސްޓަރ ނާޒިމް ހަރުގެ ޖަލްސާގައި ވާހަކަދައްކަވަނީ: ފޮޓޯ-ޕީއެންސީ

ސިޔާސީ ވެރިން ހައްޔަރުނުކޮށް ވެރިކަން ކުރާ ހަމައެކަނި ރައީސް އަކީ ރައީސް މުއިއްޒު- ހެލްތް މިނިސްޓަރ

6 hours ago - 08:41
Jun 17, 2025 - 08:42

ސިޔާސީ ވެރިން ހައްޔަރުނުކޮށް ވެރިކަން ކުރާ ހަމައެކަނި ރައީސް އަކީ ރައީސް ޑރ.މުޙައްމަދު މުއިއްޒު ކަމަށް ވިދާޅުވެ, ހެލްތް މިނިސްޓަރ ޢަބްދުالله ނާޠިމް އިބްރާހީމް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފިއެވެ.

ރައީސް މުއިއްޒުއަށް ހެލްތް މިނިސްޓަރު ތައުރީފް އޮއްސާލީ ރޭ ބޭއްވި ޕީއެންސީ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ނާޠިމް ވިދާޅުވީ ޤައުމެއް ބިނާކުރުމުގައި ސިޔާސީ ނިޒާމެއްގެ ތެރެއިން އެންމެ މުހިއްމު ކަމަކީ ސިޔާސީ ޕާޓީތަކަށް މިނިވަންކަމާއެކު މަސައްކަތްކުރުމުގެ ފުރުޞަތު ސިޔާސީ ވެރީންނަށް އޮތުން ކަމަށެވެ. އެފުރުޞަތު މިއަށްވުރެ ފުޅާކޮށް, ތަންމިނަށް ހުޅުވާލެވުނު ޒަމާނެއް ދިވެހިރާއްޖޭގެ މިދިޔަ 15 ވަރަކަށް އަހަރުގެ ތެރޭގައި ގިނަޕާޓީ އެކުލެވޭ ނިޒާމްގެ ތެރެއިން ދެކެފައެއްނުވާކަމަށް ވިދާޅުވިއެވެ. އަދި މިދިޔަ ފަނަރަ އަހަރުގެ ތެރޭގައި ވެރިކަން ކުރެއްވި ރައީސުލުން ސިޔާސީ ވެރީން ހައްޔަރުކުރެއްވި ކަމުގެ މިސާލުތައް ދެއްކެވިއެވެ.

މިނިސްޓަރ ވިދާޅުވީ ޤައުމު ތަރައްޤީ ކުރެވޭނީ އަސާސީ ކަންކަން ރަނގަޅުކޮށްގެން ކަމަށެވެ. އަސާސީ ކަންކަން ރަނގަޅުނުކޮށް ދިވެހިރާއްޖޭގެ ސިޔާސީ ނިޒާމް ބައްޓަންކޮށް, ދިވެހީންނަށް ތަރައްޤީ ހޯދައިދެވޭނެކަމަށް ދެކޭ ދެކުން ބޯދާވެ ހިނގައްޖެ ކަމަށް ވިދާޅުވިއެވެ.

"މަލްޓިޕާޓީ ނިޒާމަކަށް ވެރިކަން ކަށަވަރުކޮށްދެއްވާނެކަމުގެ ޔަގީންކަން ހޯއްދަވައިދެއްވީ ރައީސް މުއިއްޒު." ނާޠިމް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރައީސް ޑރ.މުއިއްޒު ސިޔާސީ ވެރިން ހައްޔަރުނުކުރެއްވުން ވައުދެއްގެ ގޮތުގައި ހެއްދެވީ ސިޔާސީ ލީޑަރުންނަށް މިނިވަންކަމާއެކު މަސައްކަތްކުރުމުގެ ފުރުޞަތު ހޯއްދައިދެއްވަން ކަމަށެވެ.

ޤާނޫނީ އިމުން ބޭރުން ސިޔާސީ އެއްވެސް ފަރާތަކަށް ނުފޫޒެއް ނާންނާނެކަން ކަށަވަރުކޮށްދެއްވީ ރައީސް މުއިއްޒު ކަން ފާހަގަކުރައްވާ ވިދާޅުވީ ރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުން ތިއްބެވީ މިނިވަންކަމާއެކު ސިޔާސީ މަސައްކަތަށް ފުރުޞަތު ދީފައި ކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow