ރައީސްގެ ދޮރުން ދޮރަށް ހަރަކާތުގައި ހެންވޭރު ދެކުނުގެ ރައްޔިތުންނާ ބައްދަލުކުރައްވައިފި

ރައީސްގެ ދޮރުން ދޮރަށް ހަރަކާތުގައި ހެންވޭރު ދެކުނުގެ ރައްޔިތުންނާ ބައްދަލުކުރައްވައިފި

2 hours ago - 20:30

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) ގެ ފަރާތުން ކުރިއަށްގެންދާ ސިލްސިލާ "ދޮރުން ދޮރަށް" ހަރަކާތުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހެންވޭރު ދެކުނު ދާއިރާގެ ގޭގެއަށް ޒިޔާރަތްކުރައްވައި ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ.


މިއަދު ކުރިއަށްދިޔަ މި ހަރަކާތަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް އެ ޕާޓީން ފަށާފައިވާ ސިލްސިލާ ހަރަކާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ބައިވެރިވަޑައިގެންނެވި 22 ވަނަ ހަރަކާތެވެ. މީގެކުރިން އެމަނިކުފާނު ވަނީ މާލެ ސަރަޙައްދުގެ 17 ދާއިރާއެއްގެ ދޮރުން ދޮރަށް ހަރަކާތްތަކުގައި ބައިވެރިވަޑައިގެން ރައްޔިތުންގެ ހާލު ބައްލަވައިފައެވެ.


ހެންވޭރު ދެކުނުގައި ކުރިއަށްދިޔަ މި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެން އިމްރާން ލަތީފް ބައިވެރިވަޑައިގެންނެވިއެވެ. މީގެއިތުރުން، ކޮންގްރެސް ޕާޓީގެ ފަރާތުން މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓް މޫސާ ޢަލީ ޖަލީލާއި، މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާކަމަށް ވާދަކުރައްވާ އާޝިޔަތު އަލައިކާ އަދުނާން ވެސް މި ހަރަކާތުގައި ބައިވެރިވަޑައިގެންނެވިއެވެ.


މިއަދުގެ ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހެންވޭރު ދެކުނުގެ ބައެއް ގޭގެއަށް ވަދެވަޑައިގެން، އެ ގޭގޭގައި ދިރިއުޅޭ އާއިލާތަކުގެ ޝުޢޫރުތައް އަޑުއައްސަވައިފައެވެ. އަދި މަގުމަތިން ބައްދަލުވި ގިނަ އަދަދެއްގެ އާއްމު ރައްޔިތުންނާ ސަލާމްކުރައްވައި، ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ހުށަހެޅުންތައް އޮޅުންފިލުއްވުމުގައި އެމަނިކުފާނު ގިނަ ވަގުތުތަކެއް ހޭދަކުރެއްވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow