ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ޕާލިމެންޓްރީ ގުރޫޕުގެ ވަފުދެއް ޕާކިސްތާނަށް ވަޑައިގެންފި

ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ޕާލިމެންޓްރީ ގުރޫޕުގެ ވަފުދެއް ޕާކިސްތާނަށް ވަޑައިގެންފި

1 hour ago - 19:05

ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ ދައުވަތަކަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ޕާލިމެންޓްރީ ގުރޫޕުގެ ވަފުދެއް ޕާކިސްތާނަށް ވަޑައިގެންފިއެވެ. 

މި ވަފުދުގައި އިސްކޮށް ހުންނަވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲއެވެ. އެމަނިކުފާނުގެ އިތުރަށް ޕާޓީގެ ޕާލިމަންޓްރީ ގުރޫޕުގެ ނައިބު ލީޑަރުންނާއި، ޕާޓީގެ ނައިބުރައީސް އަދި ބާރަށު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ އިބްރާހީމް ޝުޖާއުވެސް މިވަފުދުގައި ވަޑައިގަންނަވާނެއެވެ.

މި ދަތުރުފުޅުގައި ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހަށް ޒިޔާރަތްކުރައްވައި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާ މި ވަފުދުން ބައްދަލުކުރައްވަައި ތަޖުރިބާއާއި ހިޔާލު ބަދަލުކުރައްވާނެއެވެ.

ޕާކިސްތާނަށް ވަޑައިގަންނަވާ ކޮންގްރެސް ޕާޓީގެ ޕާލިމަންޓްރީ ގުރޫޕުގެ ވަފުދުގައި ރައްޔިތުންގެ މަޖިލީހުގެ 16 މެންބަރަކު ބައިވެރިވެވަޑައިގަންނަވައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow