ބާސާއަށް ފަސޭހަ މޮޅެއް, ރަފީނިޔާ މެސީގެ ރެކޯޑަކާ އެއްވަރުކޮށްފި!
މިސީޒަންގެ ޗެމްޕިއަންސް ލީގުގައި 19 ލަނޑުގައި ވަނީ ހިއްސާވެފަ: ފޮޓޯ-ބާސެލޯނާ

ބާސާއަށް ފަސޭހަ މޮޅެއް, ރަފީނިޔާ މެސީގެ ރެކޯޑަކާ އެއްވަރުކޮށްފި!

3 days ago - 08:14
Apr 10, 2025 - 08:24

 

ބާސެލޯނާއަށް ކުޅެމުން އަންނަ ބްރެޒިލް ފޯވާޑް ރަފީނިޔާ, އެކްލަބްގެ ގިނަ ރެކޯޑްތަކެއް އޮތް މެސީގެ ރެކޯޑަކާ އެއްވަރުކޮށްފިއެވެ. ރަފީނިޔާ ހަމަކުރި މެސީގެ ރެކޯޑަކީ ޗެމްޕިއަންސް ލީގުގެ އެއް ސީޒަނެއްގައި ބާސެލޯނާގެ ޖަރޒީގައި ލަނޑުގައި ހިއްސާވި އަދަދެވެ.

ކްއާޓާ ފައިނަލް ފުރަތަމަ ލެގުގައި 4-0 ން ބޮރޫޝިޔާ ޑޯޓްމަންޑް އަތުން ބާސާ މޮޅުވި މެޗުގައި ރަފީނިޔާ ވަނީ އެއް ލަނޑު ޖަހާ, ދެ ލަނޑު ޖަހަން ފުރުޞަތު ތަނަވަސްކޮށްދީފައެވެ. މިއާއެކު މިސީޒަންގެ ޗެމްޕިއަންސް ލީގުގައި ރަފީނިޔާ ވަނީ 19 ގޯލްގައި ހިއްސާވެފައެވެ. މެސީ އެއަދަދަށް ޗެމްޕިއަންސް ލީގުގެ އެއް ސީޒަނެއްގައި ލަނޑުގައި ހިއްސާވީ 2011-2012 ވަނަ އަހަރުގެ ސީޒަންގައެވެ.

ޑޯޓްމަންޑް އަތުން މޮޅުވި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑް ނަގައިދިނީވެސް ރަފީނިޔާ އެވެ. އޭނާގެ އެހީގައި މެޗުގައި ލަނޑު ޖެހީ ލެވަންޑޯސްކީ އާއި ޔަމާލް އެވެ. މެޗުގައި ލެވަންޑޯސްކީ ދެ ލަނޑު ޖެހިއެވެ. އޭނާއަށް ދެން ލަނޑު ޖަހަން އެހީވީ ފާމިން ލޮޕޭޒް އެވެ.

Advertisement
Advertisement

ރަފީނިޔާ އަންނަނީ މިސީޒަންގައި ބާސެލޯނާގައި ތަފާތު މޮޅަށް ކުޅެ, ގޯލް ޖަހަމުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow