ކޮރަޕްޝަނަށް ހިންގާ މީހަކަށް ސަރުކާރުން ޖާގައެއް ނެތް- ރައީސް
ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ: ފޮޓޯ-ރައީސް އޮފީސް

ކޮރަޕްޝަނަށް ހިންގާ މީހަކަށް ސަރުކާރުން ޖާގައެއް ނެތް- ރައީސް

12 months ago - 19:35
May 3, 2025 - 19:35
Advertisement
Advertisement

ކޮރަޕްޝަނަށް ހިންގާ މީހަކަށް މިސަރުކާރުން ޖާގައެއް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގެ ރައީސްއަކު ދެއްވި އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުމުގައި މިއަދު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެއްވެސް ތާކު ކޮރަޕްޝަނަށް ފުރުޞަތު ނުދެއްވާނެ ކަމަށެވެ. އެކަން ކުރަން ބޭނުންވާ މީހަކަށް މި ސަރުކާރުގައި ޖާގައެއް ނޯންނާނެ ކަމަށް ވިދާޅުވިއެވެ.

" ކޮރަޕްޝަނަށް އަޅުގަނޑު ފުރުޞަތެއް ނުދޭނަން އެއްވެސް ތާކު. އެކަން ކުރަން ބޭނުންވާ މީހަކަށް މި ސަރުކާރުގައި ޖާގައެއް ނެތް - ރައީސުލްޖުމްހޫރިއްޔާ " ރައީސް ވިދާޅުވިއެވެ.

ކޮރަޕްޝަންގެ ތުހުމަތުތަކާއެކު ސަރުކާރުގެ ބައެއް ވެރިން މަގާމް ގެއްލި, ބައެއް މައްސަލަތައް ތަހުގީގީ އިދާރާތަކުން ދަނީ ތަހުގީގުވެސް ކުރަމުންނެވެ. އޭގެތެރޭގައި އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝަމްއާން ވަހީދާއި, އެޗްޑިސީގެ ސީއީއޯ ފަޒުލް ރަޝީދު ހިމެނެއެވެ. ފެނަކައިގެ އެމްޑީއާއި އެނޫންވެސް ބައެއް ކުންފުނިތަކުގެ ބޯޑް މެމްބަރުންގެ ވަޒީފާ ވަނީ ގެއްލިފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement