އަބްދުއްރަހީމާއި އަޅުގަނޑާ އެއްވެސް މައްސަލައެއް ނެތް: ރައީސް މުއިއްޒު
ރައީސުލްޖުމުހޫރިއްޔާ އާއި މަޖިލިހުގެ ރައީސް އަބުދުއްރަޙީމް / ފޮޓޯ: މަޖިލިސް

އަބްދުއްރަހީމާއި އަޅުގަނޑާ އެއްވެސް މައްސަލައެއް ނެތް: ރައީސް މުއިއްޒު

2 months ago - 19:32
May 3, 2025 - 20:01

މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި އެމަނިކުފާނާއި ދެމެދު މިހާތަނަށް އެއްވެސް މައްސަލައެއް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ރައީސް ވިދާޅުވީ، އެމަނިކުފާނާއި އަބްދުއްރަހީމްއާއި ދެމެދު މައްސަލައެއް ޖެހިގެން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ.

"އަބްދުއްރަހީމާއި އަޅުގަނޑަކާ އެއްވެސް މައްސަލައެއް ނެތް. އަބްދުއްރަހީމަކީ އަޅުގަނޑާއި އޭރުވެސް މިހާރުވެސް ރަހްމަތްތެރި ދެ މީހުން،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވާއިރު އަބުދުއްރަޙީމުގެ ދަރިކަލުން ފައިސަލް ޓޫރިޒަމް މިނިސްޓަރުގެ މަގާމުން ވަކިކުރުމާއި ގުޅިގެން އަބުދުއްރަހީމާއި ރައީސާއި ދެބޭފުޅުންގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ. އަދި އެދުވަސްކޮޅު އަބުދުއްރަޙީމްވެސް ވަނީ ދެ ބޭފުޅުންގެ ގުޅުން ރަނގަޅު ނޫންކަން ދޭހަވާ މޭރުމަކުން ވާހަކަ ދައްކަވާފައެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިތުރަށް ވިދާޅުވީ ޓޫރިޒަމް މިނިސްޓަރުގެ މަގާމުން އިބްރާހިމް ފައިސަލް ވަކިކުރެއްވުމަށް ނިންމެވީ އެވަގުތަށް އެންމެ ރަނގަޅު ނިންމެވުން ކަމުގައި ދެކެވަޑައިގަންނަވާތީ ކަމަށެވެ.

މިއަދުގެ ހެދުނު 10.00 ގައި ފެށި ނޫސްވެރިންގެ ބައްދަލުވުން އަދިވެސް ދަނީ ހަމަ ކުރިއަށެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow