މާފަރު އެއަރޕޯޓް ތަރައްޤީކުރުމުގެ ތިންވަނަ ފިޔަވައްސާ ގުޅޭގޮތުން އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި

މާފަރު އެއަރޕޯޓް ތަރައްޤީކުރުމުގެ ތިންވަނަ ފިޔަވައްސާ ގުޅޭގޮތުން އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި

2 hours ago - 08:08
Advertisement
Advertisement

ނ. މާފަރު އިންޓަނޭޝަނަލް އެއަރޕޯޓު އިތުރަށް ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅޭގޮތުން ދިވެހި ސަރުކާރުން އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) އާއެކު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.


މި މަޝްވަރާތައް ކުރިއަށް ގެންދެވީ މިހާރު ޔޫއޭއީއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅެއްގައި، މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން އިބްރާހިމް ފައިސަލްގެ ބަދަލުގައި މި ދާއިރާގެ މަސްއޫލިއްޔަތު އަދާކުރައްވާ ވަޒީރު މުޙައްމަދު އަމީން، އަބޫދާބީ ފަންޑުގެ އިސްވެރިންނާ ބައްދަލުކުރައްވައެވެ.


ބައްދަލުވުމަށްފަހު ވަޒީރު އަމީން ވިދާޅުވީ، މާފަރު އެއަރޕޯޓް ތަރައްޤީކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާ ގުޅޭގޮތުން ފަންޑުގެ އިސްވެރިންނާއެކު ފުޅާދާއިރާއެއްގައި ވާހަކަދެކެވުނު ކަމަށެވެ. މާފަރު އެއަރޕޯޓަކީ ފެށުނީއްސުރެ އަބޫދާބީ ފަންޑުގެ އެހީގައި ތަރައްޤީކޮށްފައިވާ އެއަރޕޯޓެކެވެ. މިހާރު އެ އެއަރޕޯޓްގައި ކުރިއަށްދަނީ ތަރައްޤީގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތަކެވެ.


ނ. އަތޮޅަކީ ރާއްޖޭގެ އެންމެ ގިނަ ލަގްޒަރީ ރިސޯޓުތައް ހިމެނޭ ސަރަހައްދަށް ވެފައި، މާފަރު އެއަރޕޯޓަކީ އަތޮޅުތަކުގެ އެއަރޕޯޓުތަކުގެ ތެރެއިން އެންމެ ގިނަ ޕްރައިވެޓް ޖެޓްތައް ޖައްސާ އަދި އެންމެ ގިނަ ދަތުރުތައް އޮންނަ އެއް އެއަރޕޯޓެވެ. މިއީ އުތުރުގެ އަތޮޅުތަކުގެ ފަތުރުވެރިކަމަށް ލިބިފައިވާ ބޮޑު ފަސޭހައެކެވެ.


ސަރުކާރުގެ އަމާޒަކީ މާފަރު އެއަރޕޯޓް އިތުރަށް ތަރައްޤީކޮށް، އެ ސަރަހައްދުގެ ފަތުރުވެރިކަމުގެ ސިނާއަތް އައު އުސްމިންތަކަކަށް ގެންދިއުމެވެ. ތިންވަނަ ފިޔަވަހީގެ މަސައްކަތް ނިމުމުން، މި އެއަރޕޯޓުގެ ޚިދުމަތްތައް އިތުރަށް ފުޅާވެ، ބައިނަލްއަޤްވާމީ ދަތުރުތަކަށް އޮންނަ ޑިމާންޑާ އެއްވަރަށް ޚިދުމަތް ދިނުމުގެ ޤާބިލުކަން އިތުރުވެގެންދާނެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement