އެޕްރީލް މަހު އެންސްޕާއިން އެންމެ ބޮޑު ހޭދައެއް ކުރީ ކަށީގެ ބަލިތަކަށް

އެޕްރީލް މަހު އެންސްޕާއިން އެންމެ ބޮޑު ހޭދައެއް ކުރީ ކަށީގެ ބަލިތަކަށް

2 hours ago - 08:10
Advertisement
Advertisement

ބޭސްފަރުވާގެ ޚަރަދު ކުރުމަށް ދަތިވާ ފަރާތްތަކަށް އެހީތެރިވުމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ކުރާ މަސައްކަތުގެ ތެރެއިން، ނިމިދިޔަ އެޕްރީލް މަހު ރާއްޖޭގެ އަމިއްލަ ހޮސްޕިޓަލްތަކުން އެންމެ ގިނައިން އެހީ ދީފައިވަނީ ކަށީގެ ބަލިތަކަށް ކަމަށް އެ އެޖެންސީން ހާމަކޮށްފިއެވެ.


އެންސްޕާއިން އާންމުކޮށްފައިވާ އެޕްރީލް މަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، ޓްރީޓޮޕް ހޮސްޕިޓަލްގައި ފަރުވާހޯދި ކަށީގެ ބަލިތަކުގެ 51 ކޭސްއަކަށް 1،269،298.03 (އެއް މިލިއަން ދެލައްކަ ފަސްދޮޅަސް ނުވަހާސް ދުއިސައްތަ ނުވަދިހަ އަށް ރުފިޔާ ތިން ލާރި) ވަނީ ޚަރަދުކޮށްފައެވެ. އަދި އޭޑީކޭ ހޮސްޕިޓަލް މެދުވެރިކޮށް ކަށީގެ ބަލިތަކުގެ 23 ކޭސްއަކަށް 552،961 ރުފިޔާ ވަނީ ހޭދަކޮށްފައެވެ.


މިދިޔަ އެޕްރީލް މަހު ޓްރީޓޮޕް ހޮސްޕިޓަލުގެ އެކި ކޭސްތަކަށް އެންސްޕާއިން ޖުމްލަ 4.6 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އޭޑީކޭ ހޮސްޕިޓަލްގެ ކޭސްތަކަށް 3.6 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ އެހީގެ ގޮތުގައި ދީފައެވެ.


އޭޑީކޭ ހޮސްޕިޓަލްގައި އެހީ ދިން މުހިންމު ދާއިރާތައް:

ކަރުން މަތީގެ ބަލިތައް (23 ކޭސް): 608،381 ރުފިޔާ
ކާޑިއޯވަސްކިއުލަރ (16 ކޭސް): 520،092 ރުފިޔާ
ނޭވާލާ ނިޒާމުގެ ބަލިތައް (12 ކޭސް): 381،418.02 ރުފިޔާ
ވިހެއުމާ ގުޅޭ (31 ކޭސް): 335،276.97 ރުފިޔާ
އަންހެނުންގެ ބަލިތައް (17 ކޭސް): 198،044.50 ރުފިޔާ

ޓްރީޓޮޕް ހޮސްޕިޓަލްގައި އެހީ ދިން މުހިންމު ދާއިރާތައް:

ވިހެއުމާ ގުޅޭ (40 ކޭސް): 605،552.28 ރުފިޔާ
ކަރުން މަތީގެ ބަލިތައް (35 ކޭސް): 431،512 ރުފިޔާ
މައިބަދަ / ނާރުގެ ބަލިތައް (12 ކޭސް): 389،994.42 ރުފިޔާ
އަންހެނުންގެ ބަލިތައް (28 ކޭސް): 370،750.74 ރުފިޔާ
ކިޑްނީގެ ބަލިތައް (22 ކޭސް): 237،143.00 ރުފިޔާ

މީގެ އިތުރުން ގޭސްޓްރޯއިންޓެސްޓިނަލް ބަލިތަކާއި ކުޑަކުދިންގެ ބަލިތަކަށް ވެސް ދެ ހޮސްޕިޓަލް މެދުވެރިކޮށް ބޮޑެތި ޢަދަދުތަކުން އެންސްޕާއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެންސްޕާގެ މި އެހީތެރިކަމަކީ އާސަންދައިގެ އިތުރުން، ބޭސްފަރުވާއަށް ދަތިވާ ފަރާތްތަކަށް ސަރުކާރުން ފޯރުކޮށްދޭ އިޖުތިމާއީ ރައްކާތެރިކަމުގެ އެހީއެކެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement