އަންނަ ހުކުރުދުވަހު ރާއްޖޭގެ ހުރިހާ ރަށެއްގައި ޝެއިޚް ފަރީދުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރަނީ
ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އިބްރާހިމް ފަރީދު އަހްމަދު

އަންނަ ހުކުރުދުވަހު ރާއްޖޭގެ ހުރިހާ ރަށެއްގައި ޝެއިޚް ފަރީދުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރަނީ

11 months ago - 14:41
Jun 10, 2025 - 14:43
Advertisement
Advertisement

މެލޭޝިއާގައި އަވަހާރަވި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އިބްރާހިމް ފަރީދު އަހްމަދުގެ މައްޗަށް އަންނަ ހުކުރު ދުވަހު ރާއްޖޭގެ ހުރިހާ ރަށެއްގެ ހުކުރުކުރާ މިސްކިތެއްގައި ޣައިބަށް ކަށު ނަމާދު ކުރަން ނިންމައިފި އެވެ.

އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، މި ހަފްތާގެ ހުކުރު ދުވަހުގެ ކުރިން މެލޭޝިޔާގައި ޝައިޚް ފަރީދު ވަޅުލައިފިނަމަ، ހުކުރު ދުވަހު ހުކުރު ނަމާދަށްފަހު ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ޣައިބަށް ކަށުނަމާދު ކުރާނެ ކަމަށެވެ.

ޝައިޚް ފަރީދުގެ ޖަނާޒާގެ ކަންކަން މެލޭޝިޔާގައި ކުރިއަށް ގެންދިއުމަށް އާއިލާއިން ނިންމާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ޖަނާޒާގެ ކަންކަން ކުރިއަށްދާ ގޮތް އާންމުންނަށް އަންގަމުން ގެންދަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ވަޒީރު ޝަހީމް ވިދާޅުވީ ޝައިޚް ފަރީދަކީ ޚިދުމަތްތެރި ޝަޚްސިއްޔަތެއް ކަމަށާއި، އިސްލާމީ މަސައްކަތުގައި ފާހަގަކޮށްލެވޭ އުސްތާޛެއް ކަމަށެވެ. އަދި ވަރަށް ބޮޑެތި ޤުރުބާނީތަކެއްވެ ވަޑައިގެންފައިވާ ބޭފުޅެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement