މެލޭޝިޔާއިން ރާއްޖެއަށް 561 ސްކޮލަރޝިޕް ދޭން އެއްބަސްވެއްޖެ
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު: ފޮޓޯ- ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ

މެލޭޝިޔާއިން ރާއްޖެއަށް 561 ސްކޮލަރޝިޕް ދޭން އެއްބަސްވެއްޖެ

9 days ago - 07:50
Advertisement

މެލޭޝިޔާއިން ރާއްޖެއަށް 561 ސްކޮލަރޝިޕް ދޭން އެއްބަސްވެއްޖެއެވެ. އެއްބަސްވުމުގައި އެޑިއުކޭޝަން މެލޭޝިޔާ ގްލޯބަލް ސަރވިސްއާއެކު ރާއްޖެއިން ސޮއިކުރެއްވީ މަތީ ތައުލީމާބެހޭ ވަޒީރު ޑރ.މަރްޔަމް މާރިޔާއެވެ.

މިއެއްބަސްވުމުގެ ދަށުން މެލޭޝިޔާގެ ޔުނިވަރސިޓީތަކުން ތަފާތު ދާއިރާތަކުން ކިޔެވުމުގެ ފުރުޞަތު ލިބެއެވެ. އެދާއިރާތަކުގެ ތެރޭގައި އާރޓްސް އެންޑް ހިއުމަނިޓީސް، އިންޖީނިއަރިންގ އެންޑް ޓެކްނޮލޮޖީ، ލައިފް ސައިންސެސް އެން މެޑިސިން، ނެޗުރަލް ސައިންސެސް، ސޯޝަލް ސައިންސެސް، މެނޭޖްމަންޓް ފަދަ ދާއިރާތައް ހިމެނެއެވެ. މީގެއިތުރުންވެސް އެތަށް ދާއިރާއަކުން ތަޢުލީމު ހާޞިލުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާއިފައި ކަމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން މައުލޫމާތުދެއްވިއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މިނިސްޓަރ ޑރ.މަރްޔަމް މާރިޔާ ވިދާޅުވީ މިއީ ހަމައެކަނި މާލީ އެހީ ފޯރުކޮށްދިނުމުގެ އެއްބަސްވުމެއް ނޫން ކަމަށެވެ. މި އެއްބަސްވުމުން ރަމްޒުކޮއްދެނީ ތަޢުލީމީ ދާއިރާގެ ކުރިއެރުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މެލޭޝިޔާއަކީ ފެންވަރު ރަނގަޅު މަތީ ތަޢުލީމެއް ފޯރުކޮއްދެމުން އަންނަ ޤައުމެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މިފަދަ އެއްބަސްވުމަކީ ދިވެހި ރާއްޖޭއާއި މެލޭޝިޔާއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ދިވެހި ދަރިވަރުންނަށް ފެންވަރު ރަނގަޅު މަތީ ތަޢުލީމާއި ތަމްރީނު ހާޞިލުކުރުމަށް ލިބޭ ރަނުގެ ފުރުސަތެއްކަމަށެވެ.

"މި އެއްބަސްވުމަކީ ހަމައެކަނި މާލީ އެހީފޯރުކޮއްދިނުމުގެ ގޮތުން ސޮއިކުރެވޭ އެއްބަސްވުމެއް ނޫން. މި އެއްބަސްވުމުން ރަމްޒުކޮއްދެނީ ތަޢުލީމީ ދާއިރާގެ ކުރިއެރުމާއި، ދެ ޤައުމުން ތަޢުލީމީ މަރުކަޒުތަކުގެ ތަރައްޤީގެ އިތުރުން ދަރިވަރުންނަށް އެއްބާރުލުން ދިނުމަށް ދެއްވާ އަހަމިއްޔަތު" މިނިސްޓަރ ވިދާޅުވިއެވެ.

Advertisement

މި އެއްބަސްވުމުގެ ދަށުން، އެ ޤައުމުގެ ޔުނިވާސިޓީތަކާއި އެހެނިހެން މަތީ ތަޢުލީމު ފޯރުކޮއްދޭ މަރުކަޒުތަކުން ތަޢުލީމު ހާޞިލުކުރުމަށް އެދޭ ދަރިވަރުންނަށް މާލީ އެހީތެރިކަން (ޑިސްކައުންޓް) ފޯރުކޮއްދިނުމަށް ހަމަޖެހިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އީއެމްޖީއެސްގެ ސީއީއޯ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވިދާޅުވީ މިފަދަ އެއްބަސްވުންތަކުގެ ސަބަބުން މެލޭޝިޔާއާ ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެން ދާނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި ދެ ދައުލަތުން ގުޅިގެން ހިންގާ މިފަދަ ޕްރޮގްރާމް ތަކަކީ ތައުލީމީ ދާއިރާގެ އިތުރުން ދިވެހިރާއްޖޭގެ އިޤްތިސާދު ކުރިއަރުވާ ޤާއުމުގެ މުސްތަޤްބަލް ބިނާކުރުމަށް އެޅޭ ފިޔަވަޅެއްކަން ފާހަގަކުރެއްވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement