އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް މުޙައްމަދު ރިޝްވާން އައްޔަނުކޮށްފި
އެމްޕީއެލްގެ އާ އެމްޑީ ރިޝްވާން: ފޮޓޯ-ރައީސް އޮފީސް

އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް މުޙައްމަދު ރިޝްވާން އައްޔަނުކޮށްފި

5 hours ago - 16:19
Feb 5, 2025 - 16:19
Advertisement
Advertisement

މޯލްޑްވިސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ އާ މެނޭޖިން ޑިރެކްޓަރ އަދި ބޯޑުގެ ޑިރެކްޓަރުގެ މަޤާމަށް ކުރީގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރިޝްވާން އަންޔަނުކޮށްފިއެވެ. 

ޕްރައިވެޓައިޒޭޝަން ބޯޑު (ޕީސީބީ) ން އެމްޕީއެލްގެ އެމްޑީ ކަމަށް އައްޔަނުކުރެއްވި މުޙައްމަދު ރިޝްވާނު މީގެ ކުރިން ރައީސް ޢަބްދުالله ޔާމީނުގެ ވެރިކަމުގައި ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯ އަދި އެ ހޮސްޕިޓަލްގެ ޑެޕިއުޓީ ޑިރެކްޓަރ އޮފް އޮޕަރޭޝަންސްގެ މަޤާމުވެސް އަދާކުރައްވާފައެވެ.

ރިޝްވާން މަޤާގަމަށް އައްޔަނުކުރައްވާފައިވަނީ ކުރިން އެމްޕީއެލްގެ އެމްޑީއަކަށް ހުންނެވި މުޙައްމަދު ވަޖީހު އިބްރާހިމް އެމަޤާމުން ފާއިތުވި ހަފުތާގައި ވަކިކުރައްވާފައި ވަނިކޮށެވެ. ނަމަވެސް ވަކިކުރެއްވި ސަބަބެއް ޕީސީބީން ހާމަކޮށްފައެއް ނުވެއެވެ.

ސަރުކާރުގެ ބައެއް މުއައްސަސާތަކަށް ބަދަލުތަކެއް ގެންނަވަމުންގެންދަވާ މި ދަނޑިވަޅުގައި ދާދިފަހުން ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ވަޒީރަކަށް ހުންނެވި އިބްރާހިމް ފައިސަލްވެސް ވަނީ މަޤާމުން ވަކިކުރައްވާފައެވެ. އަދި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ފަތުރުވެރިކަމާ ބެހޭ ވުޒާރާ އާއި ތިމާވެއްޓާބެހޭ ވުޒާރާއާ އެއްކޮށްލާފައެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement