ކަނޑަކީ ދިވެހިންގެ މުޅި ދިރިއުޅުން: ރައީސް މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު / ފޮޓޯ: ރައީސް އޮފީސް

ކަނޑަކީ ދިވެހިންގެ މުޅި ދިރިއުޅުން: ރައީސް މުއިއްޒު

5 hours ago - 13:58
Jun 8, 2025 - 14:16
Advertisement
Advertisement

ރާއްޖޭގެ ކަނޑަކީ ހަމައެކަނި ވަސީލަތެއް ނޫން ކަމަށާއި، އެއީ ދިވެހިންގެ މުޅި ދިރިއުޅުން ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ބައިނަލްއަގުވާމީ ކަނޑުގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ރައީސް ވިދާޅުވީ ދުނިޔޭގެ ދުޅަހެޔޮކަން ފެށެނީ ކަނޑުގެ ދިރުންތަކުގެ ދުޅަހެޔޮކަމުން ކަމަށެވެ. ނަމަވެސް މޫސުމީ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ހޫނުމިން އިތުރުވެ، މަހުގެ ސްޓޮކް ކުޑަވަމުންދާ ކަމާއި ގޮނޑުދޮށްތައް ގިރަމުންދާ ކަން ރައީސް ފާހަގަކުރެއްވިއެވެ.

ކަނޑުތައް ހިމާޔަތްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އިތުރުކޮށް، މުޅި ދުނިޔެއިން މިކަމަށް އިޖާބަދިނުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ. ރާއްޖެ ފަދަ ޖަޒީރާ ޤައުމަކަށް ކަނޑުގެ ވަސީލަތްތަކަކީ ވަރަށް މުހިންމު އެއްޗެއް ކަމަށާއި، ދިވެހިންގެ ދިރިއުޅުން ހަމަޖެހިފައިވަނީ މަސްވެރިކަމާއި ފަތުރުވެރިކަން ފަދަ ކަނޑާ ގުޅުންހުރި މަސައްކަތްތަކުން ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement
Advertisement

ރައީސް މުއިއްޒު މިފަދައިން ވިދާޅުވެފައިވާ އިރު ދިވެހިންގެ ދިރިއުޅުން ބިނާކޮށްފައިވާ އެންމެ މައިގަނޑު މަސައްކަތްތައްކަމަށްވާ ފަތުރުވެރިކަމާއި، މަސްވެރިކަމަކީ ކަނޑަށް ބަރޯސާވެފައިވާ ދެ މަސައްކަތެވެ. އަދި ރާއްޖޭގެ ސަރަހައްދުގެ ބޮޑު ބަޔަކީވެސް މާސިންގާ ކަނޑެވެ.

ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ 8 ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލް އަޤްވާމީ ކަނޑުތަކުގެ ދުވަހުގެ ގޮތުގައެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement