
ރެއާލްގެ 'އެނބުރިއައުން' ނާކާމިޔާބުވެ އާސެނަލް ޗެމްޕިއަންސް ލީގު ސެމީފައިނަލަށް
ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރފައިނަލްގެ ދެވަނަ ލެގުގައި ރޭ ރެއާލްގެ އަމިއްލަ ދަނޑު, ސެންޓިއެގޯ ބާނަބެއު ގައި ރެއާލް ބަލިކޮށް 5-1ގެ އެގްރެގެގޭޓުން އާސެނަލް ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ. ރޭގެ މެޗު އާސެނަލް ކާމިޔާބުކުރީ 2-1 ންނެވެ.
ކުއާޓަރގެ ފުރަތަމަ ލެގު އާސެނަލް ފަސޭހަ ކަމާއެކު އެމީހުންގެ ދަނޑުގައި ކާމިޔާބުކުރީ 3-0 ންނެވެ. ނަމަވެސް ރެއާލުން ދެވަނަ ލެގު ހޯދާނެކަމަށާއި ރެއާލްގެ އެނބުރިއައުން އެމީހުންގެ އަމިއްލަ ދަނޑުގައި ފެންނާނެކަމަށް ބުނެ މެޗުގެ ކުރިން ގިނަ ވާހަކަތަކެއް ދެއްކިއެވެ.
މިއީ 2009 ގެ ފަހުން އާސެނަލްގެ ފުރަތަމަ ސެމީ ފައިނަލްއެވެ.
ރޭގެ މެޗުގައި އާސެނެލައަށް ފުރަތަމަ ލިބުނު ޕެނަލްޓީ ވަނީ ބުކާޔޯ ސަކާ އަތުން ނާކާމިޔާބުވެފައެވެ. ކީޕަރު ތިބޯޓް ކޯޓުއާ ހުށިޔާރުކަމާއެކު ފެންލަޓީ މަތަކުރިނަމަވެސް 65 ވަނަ މިނިޓްގައި ސަކާ ވަނީ ގޯލެއް ކާމިޔާބުކޮށް އާސެނަލްއަށް ލީޑު ނަގައިދީފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ރެއާލަށްވެސް ޕެނަލްޓީއެއް ލިބުނެވެ. ޑެކްލަން ރައިސް, ރެއާލްގެ ކީލިއަން އެމްބާޕޭ އަށް ފައުލްކުރި ކަމަށްބަލާ ދޭން ނިންމި ޕެނަލްޓީ ވީއޭއާރުން ބެލިއިރު ރެއާލްގެ ޑިފެންޑަރު އެންޓޯނިއޯ ރުޑީގާ އޮފްސައިޑްވެފައިވާތީ ޕެނަލްޓީ ނުދެއެވެ.
އާސެނަލްއިން ލީޑު ނެގިތާ ދެ މިނިޓްފަހުން ރެއާލްގެ ވިނީޝިއުސް ޖޫނިއަރ ވަނީ ގޯލެއް ކާމިޔާބުކޮށް ރެއާލަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މެޗުން އާސެނަލް މޮޅުވި ގޯލް ފުރިހަމަ ވަގުތު ހަމަވެ, އިތުރު ވަގުތުގައު ކާމިޔާބުކުރީ މިކޭލް މެރީނޯ ތަނަވަސްކޮށްދިން ފުރުޞަތުގައި ގެބްރިއެލް މާޓިނެއްލީއެވެ.
އެޕްރީލް 29 ގައި އާސެނަލްއިން އިން ސެމީ ފައިނަލްގައި ވާދަކުރަންޖެހޭނީ ފްރާންސްގެ ޕެރިސް ސެއިންޓް-ޖެމައިން (ޕީއެސްޖީ) އާއެވެ.
ރޭ ކުޅުނު ކުއާޓަރ ފައިނަލްގައި އިންޓަރ މިލާން އާއި ބަޔާން މިއުނިކް ބައްދަކުލުރި މެޗު 2-2 ން އެއްވަރުވެ, 3-4 ގެ އެގްރެގޭޓުން ސެމީއަށް ދިޔައީ އިންޓަރމިލާން އެވެ. ސެމީ ފައިނަލްގައި އިންޓަރ އާ ވާދަކުރާނީ ބާސެލޯނާއެވެ.
ރިއެކްޝަންސް






