އަންނަ މަހު 9 ރަށެއްގައި ޤުރުޢާން ހިތުދަސްކުރުމުގެ ޕްރޮގްރާމް ފަށަނީ
އަންނަ މަހު ކްލާސްތައް ފަށާ ބައެއް ރަށްތަކުގައި އެކަން ފަށަން ރައީސް ވަނީ ވައުދުވެފަ: ފޮޓޯ-އިސްލާމިކް މިނިސްޓްރީ

އަންނަ މަހު 9 ރަށެއްގައި ޤުރުޢާން ހިތުދަސްކުރުމުގެ ޕްރޮގްރާމް ފަށަނީ

2 days ago - 11:48
Apr 17, 2025 - 11:48
Advertisement
Advertisement

އަންނަ މަހު 9 ރަށެއްގައި ޤުރުޢާން ހިތުދަސްކުރުމުގެ ޕްރޮގްރާމް ފަށަން އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ އަންނަ މަހު ޤުރުޢާން ހިތުދަސްކުރުމުގެ މަޝްރޫޢު ކުރިއަށްގެންދަނީ މަރުކަޒުތައް ޤާއިމްކޮށްފައިވާ ރަށްތަކާއި, ޤާއިމްކުރަމުންދާ ރަށްތަކާއި, ބޮޑަތި އާބާދީ ތަކުގައި ކަމަށެވެ. އެގޮތުން އަންނަ މަހު ޕްރޮގްރާމް ފަށާ ރަށްތަކަކީ ހއ. ދިއްދޫ، ބ. އޭދަފުށި، ދ. ކުޑަހުވަދޫ، އއ. ފެރިދޫ، ރ. އުނގުފާފު، ހދ. ކުޅުދުއްފުށި، ގދ ތިނަދޫ، ސ ހިތަދޫ އަދި ލ. ގަމެވެ.  

މީގެ އިތުރުން ޤުރުއާން ކިޔަވައިދިނުމުގެ ދަތިތައް ހުރި ރަށްތަކާއި، ޤުރުއާން މަރުކަޒުގެ ގޮފިތައް އަހަރުތަކެއް ވަންދެން ހުއްޓިފައި ހުރި ރަށްތަކުގައިވެސް އަންނަ މަހު ކޯސްތައް ފަށަން މިނިސްޓްރީން ވަނީ ނިންމަވާފައެވެ. އަލަށް ޤުރުއާން ކިޔަވައިދިނުމާއި މަރުކަޒުގެ ޤާރީ ކޯސްތައް ހިންގުމަށް 8 ރަށެއް ވަނީ ކަނޑައަޅުއްވާފައެވެ. އެއީ ރ. މަޑުއްވަރީ، ނ. ވެލިދޫ، ތ. ކިނބިދޫ، ތ. ގުރައިދޫ, ގދ. ގައްދޫ, ލ. އިސްދޫ ކަލައިދޫ, ހއ. އުތީމު, އަދި ދ. މީދޫ އެވެ. މިރަށްތަކުގެ ޤުރުއާން މަރުކަޒުގެ ގޮފިތަކަށް،   އަންނަ މަހުން ފެށިގެން ޤުރުއާން މަރުކަޒުން ޤުރުއާން ޓީޗަރު ހަމަޖެހިގެންދާނެ. ކަމަށް މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން ފުވައްމުލައް ސިޓީގެ ޤުރުއާން މަރުކަޒަށް، އެމަރުކަޒު ހިންގާނެ ކޯޑިނޭޓަރަކާއި އިދާރީ މުވައްޒަފުން ވެސް ހަމަޖެހިގެންދާނެ ކަމަށް މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement