
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކަށް ދެ މައްސަލައެއްގައި 34 އަހަރުގެ ހުކުމެއް!
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކަށް ދެ މައްސަލައެއްގައި 34 އަހަރުގެ ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފިއެވެ.
މިމަހުގެ 14 ވަނަ ދުވަހު ކްރިމިނަލް ކޯޓުން 34 އަހަރު (ޖުމްލަ)ގެ ހުކުމެއް އިއްވީ އަޙްމަދު ރަޝްވާން އިސްމާއީލް ރަޝީދު ކިޔާ މީހެއްގެ މައްޗަށެވެ. އޭނާގެ މައްޗަށް އިއްވީ 20 އަހަރުގެ ހުކުމަކާއި, 14 އަހަރުގެ ހުކުމެކެވެ.
14 އަހަރުގެ ހުކުމެއް އިއްވީ ޖިންސީ ނިޔަތެއް އޮވެގެން ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޤަސްތުގައި އަތްލުމުގެ ކުށުގައެވެ. އަދި 20 އަހަރުގެ ހުކުމެއް އިއްވީ ކުޑަކުއްޖަކު މެދުވެރިކޮށް އޮރިޔާން ކާޑް އުފެއްދުމުގެ ކުށުގައެވެ.
މިދެމައްސަލާގައިވެސް ކުޑަކުއްޖެއްގެ މައްސަލަ ހިމެނޭނީ ކްރިމިނަލް ކޯޓުން ހުކުމްގެ ރިޕޯރޓް ޢާއްމެއް ނުކުރެއެވެ.
ރިއެކްޝަންސް






