ސަޢުދީ ސަރުކާރުން ދިވެހިރާއްޖެއަށް 25،000 މުސްޙަފް ހަދިޔާކޮށްފި
ސައުދީ ސަރުކާރުން މުސްޙަފްތައް ހަވާލުކުރަނީ: ފޮޓޯ-އިސްލާމިކް މިނިސްޓްރީ

ސަޢުދީ ސަރުކާރުން ދިވެހިރާއްޖެއަށް 25،000 މުސްޙަފް ހަދިޔާކޮށްފި

2 days ago - 14:37
Apr 17, 2025 - 14:38
Advertisement
Advertisement

ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ދިވެހިރާއްޖެއަށް 25,000 މުސްޙަފް ހަދިޔާކޮށްފިއެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއާ މުސްޙަފްތައް ހަވާލުކުރީ މިއަދު އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މިއީ މާލެއާއި އަތޮޅުތަކުގެ ޤުރްއާން ކުލާސްތަކާއި ޤުރްއާން ހިތުދަސްކުރުމުގެ މަޝްރޫޢުތަކަށް ބޭނުންވާ މުޞްޙަފެވެ. މިއަދު ހަދިޔާކުރެއްވީ ފުރަތަމަ ޝިޕްމަންޓްގައި ހިމެނޭ 25,000 މުސްޙަފް ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.

މި މުސްޙަފްތައް މިނިސްޓްރީއާ ހަވާލުކޮށްދެއްވީ ސަޢުދީ އެމްބަސީގެ ފަރާތުން ޗާޖް ޑި އެފެއަރޒް ފަހުދު އަލްދޯސްރީ އެވެ. އަދި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން މުސްޙަފްތަކާއި ހަވާލުވެލެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ، ދިވެހިރާއްޖެއަށް ވެދެއްވާ ދީލަތި އެހީތެރިކަމަށް ޓަކައި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބުން ޢަބްދުލް ޢަޒީޒާއި އެ މަނިކުފާނުގެ ވަލިއްޔުލް ޢަހުދު އަލްއަމީރު މުޙައްމަދު ބުން ސަލްމާންއަށް ޝުކުރު އަދާ ކުރައްވާފައެވެ. ވަޒީރު ވިދާޅުވީ މިއީ ސަޢުދީ ޢަރަބިއްޔާއާއި ދިވެހިރާއްޖެއާއި ދެމެދު އޮތް ގުޅުން ހާމަވެގެންދާކަމެއްކަމަށާއި ސަޢުދީ ސަރުކާރުން ހަދިޔާކުރި މުސްޙަފްތަކަކީ ކީރިތި ޤުރުއާނުގެ ޢިލްމު ފުޅާ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށެވެ.

Advertisement
Advertisement

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤުރްއާން ކުލާސްތަކާއި ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫޢު ފުޅާކުރުމަކީ ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް އިސްކަމެއް ދެއްވާ ކަމެއްކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. މިއަދު ސަޢުދީ ސަރުކާރުން ހަދިޔާ ކުރެއްވި 25،000 މުސްޙަފަކީ އެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ބޭނުން ކުރެވިގެންދާނެ މުސްޙަފްތަކެއް ކަމަށްވެސް މިނިސްޓްރީން ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement