ހުޅުމާލޭގައި ޓޭކްއަވޭ ކޮފީޝޮޕްތައް ހިންގަމުންދިޔަ 8 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
ފުލުހުންނާ ގުޅިގެން އިމިގްރޭޝަނުން އިއްޔެ ހުޅުމާލޭގައި ހިންގި ޚާއްޞަ އޮޕަރޭޝަނުގެ ތެރެއިން. ފޮޓޯ: އިމިގްރޭޝަން

ހުޅުމާލޭގައި ޓޭކްއަވޭ ކޮފީޝޮޕްތައް ހިންގަމުންދިޔަ 8 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ކާބޯތަކެތީގެ ވިޔަފާރި އަކީ ވެސް ބިދޭސީން ކުރުން މަނާވިޔަފާރިއެއް

2 months ago - 14:18
Advertisement

ހުޅުމާލޭގައި ގަވާއިދާ ޚިލާށް ބިދޭސީން ހިންގާ ޓޭކްއަވޭ ކޮފީ ޝޮޕްތައް ދެނެގަތުމަށް، ފުލުހުންނާ ގުޅިގެން އިމިގްރޭޝަނުން، ހުކުރު ދުވަހު ކުރިއަށް ގެންދިޔަ ޚާއްސަ އޮޕަރޭނުގައި 8 ބިދޭސީއަކު، އިމިގްރޭޝަންގެ ބެލުމުގެ ދަށް ގެނެގޮސްފައިވާ ކަމަށް އެފަރާތުން ބުނެފި އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން އެކްސްގައި ކުރެއްވި ޕޯށްޓެއްގައި ވިދާޅުވީ، އިއްޔެ ހުޅުމާލޭގައި ހިންގި މި ރެއިޑު ޚާއްސަކޮށްފައިވަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހިންގާ ޓޭކްއަވޭ ކޮފީ ޝޮޕްތަކަށް ކަމަށެވެ. އެގޮތުން ހުޅުމާލޭގައި ހިންގަމުން ގެންދިޔަ ޓޭކްއަވޭ ކޮފީ ޝޮޕްތައް ބަލައި ޗެކްކުރިއިރު 8 ތަނެއް ހިންގަމުންދިޔަ 8 ބިދޭސީއަކު މިހާރު ވަނީ އެފަރާތު (އިމިގްރޭޝަން) ގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށާއި އެމީހުންނާއި ގުޅޭ ތަހުޤީގުކުރިއަށްދާކަމަށެވެ. 

ފުލުހުންނާ ގުޅިގެން އިމިގްރޭޝަނުން އިއްޔެ ހުޅުމާލޭގައި ހިންގި ޚާއްޞަ އޮޕަރޭޝަނުގެ ތެރެއިން. ފޮޓޯ: އިމިގްރޭޝަން

Advertisement

ރާއްޖޭގައި ބިދޭސީން ވިޔަފާރި ކުރުން މަނާ ދާއިރާތަކުގެތެރޭގައި ކާބޯތަކެތި ވިއްކުމުގެ ޚިދުމަތްދޭ ކެފޭ، ރެސްޓޯރެންޓު އަދި ބޭކަރީ ފަދަ ތަންތަން ހިންގުން ހިމެނެއެވެ. ނަމަވެސް މިފަދަ ތަން ތަން ހިންގާ ބިދޭސީން ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. އެއީ ބިދޭސީން ހިންގާ ވިޔާފަރިތައް ޗެކްކޮށް ބަލައި ފާސްކުރަންޖެހޭ މުއައްސަސާތަކުން އެކަން ނުކުރާތީ ކަމަށް އާއްމު ފަރާތްތަކުން ބުނެ އެވެ.

އެފަރާތްތަކުން ބުނާ ގޮތުގައި ފުލުހުންނާ ވެސް ގުޅިގެން އިމިގްރޭޝަނުން މިހިންގާ އޮޕަރޭޝަންތަކަކީ، މޫސުމީ ކަމަކަށް ނުވެ، މިފަދަ އޮޕަރޭޝަންތައް އަބަދު ވެސް ހިންގާ ނަމަ، މިފަދަ މައްސަލަތަކަށް ވަރަށް ބޮޑު ހައްލެއް ލިބިގެން ދާނެ އެވެ.

އިމިގްރޭޝަނުން މިދިޔަ ހަފްތަގައި ސްޕާތަކަށް ޚާއްޞަކޮށްގެން ވެސް އޮޕަރޭޝެއް ހިންގި އެވެ. އަދި ހަށިވިއްކަމުގެ ވިޔަފާރި ކުރަމުން ދިޔަ ބަޔަކު އަތުލައިގަނެ، އެފަރާތުގެ ބެލުމުގެ ދަށަށް ގެންދެވުނު ކަމަށް ވެސް ބުނެފައި ވެ އެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement