އުރީދޫ ފަން ރަން ލ. އަތޮޅުގައި ބާއްވައިފި

އުރީދޫ ފަން ރަން ލ. އަތޮޅުގައި ބާއްވައިފި

3 months ago - 21:11
Advertisement

އުރީދޫއިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ "ފަން ރަން" ގެ މިއަހަރުގެ ރަން ލ. އަތޮޅުގައި މިއަދު ހަވީރު ބާއްވައިފި އެވެ.

ފޯރިގަދަ، މަޖާ ހަރަކާތްތަކާއެކު، އުރީދޫން ބޭއްވި މިއަހަރުގެ ފަން ރަންގައި  1500 އާއި 2000 އާއި ދެމެދުގެ އަދަދަކަށް، ބައިވެރިން ބައިވެރިވެފައިވާކަމަށް އުރީދޫއިން ވަނީ ބުނެފަ އެވެ.

ކޮންމެ އަހަރަކު ވެސް ދައުލަތުގެ ވަރަށް ގިނަ އިސްވެރިން ބައިވެރިވާ، މިއަހަރުގެ ފަން ރަންގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި، ސިޓީތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރާއި، ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުގެ އިތުރުން ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ބައިވެރިވެވަޑައިގެންނެވި އެވެ.

މީގެ އިތުރުން ފުރާންސްގެ މަޝްހޫރު ފުޓުބޯޅަ ކްލަބް "ޕީއެސްޖީ"ގެ ލެޖެންޑް ޖޭޖޭ އޮކާޗާވެސް މިއަހަރުގެ ދުވުމުގައި ބައިވެރިވި އެވެ. ޕީއެސްޖީއަކީ 2013 ވަނަ އަހަރުން ފެށިގެން އުރީދޫ ގްރޫޕްގެ ޕްރިމިއަމް ޕާޓްނަރެއްގެ އިތުރުން، ގްލޯބަލް ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ކްލަބެކެވެ.

Advertisement

ފަސް ކިލޯމީޓަރުގެ މި ދުވުން ފަށާފައިވަނީ ލ. ގަމު މުކުރިމަގު އަވަށުގެ ޖެޓީ ސަރަޙައްދުންނެވެ. އެއަށްފަހު މި ދުވުމަށް ޚާއްސަކޮށްފައިވާ ރޫޓުން ތަފާތު 4 އޮޕްސްޓެކަލްއެއް ހުރަސްކުރުމަށްފަހު ބައިވެރިން ދުވުން ނިންމާލީ ވެސް ދުވުން ފެށި ސަރަޙައްދަށެވެ. 

އުރީދޫ ފަން ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވައިދޭނެ ހަރަކާތެއްކަން އަންގައިދިނުމެވެ. މިއަދުގެ ފަން ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި، ކުލަގައިގެ އިތުރުން ފޯމާއި ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްގެންދިޔަ އެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement