ތިލަފުށީގެ އެއްގަމު ތޮށި ހެދުމުގެ މަޝްރޫއު 18.8 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި

ތިލަފުށީގެ އެއްގަމު ތޮށި ހެދުމުގެ މަޝްރޫއު 18.8 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި

7 hours ago - 22:36
Advertisement
Advertisement

ކ. ތިލަފުށީގައި 100 މީޓަރުގެ އެއްގަމު ތޮއްޓެއް ހަދައި، ޕޭވްމަންޓު އެޅުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.


މި މަޝްރޫއަކީ ތިލަފުށީގެ ބަނދަރުގެ ވަސީލަތްތައް ތަރައްގީކޮށް، އެ ސަރަހައްދުގައި ހިންގާ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ މަސައްކަތެކެވެ.


މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައުދީއެވެ. އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ކެޕްޓަން ހުސެއިން ޝަފީގްއެވެ.


18.80 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން ކުރަން ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި:

  • ބަނދަރުގެ ބޭސިން ހިއްކުން.
  • 112 މީޓަރުގެ އެއްގަމު ތޮށި ޝީޓްޕައިލް ކުރުން.
  • 30 ޓަނުގެ ބޯލާޑްސް ޖެހުން.
  • ކޮންކްރީޓް ޕޭވިންގްގެ މަސައްކަތް ކުރުން ހިމެނެއެވެ.

މި މަސައްކަތް ނިންމުމަށް އެމްޓީސީސީއަށް ދީފައިވަނީ 120 ދުވަހުގެ މުއްދަތެކެވެ. އެމްޓީސީސީން ހާމަކުރި ގޮތުގައި، މި މަޝްރޫއު ނިމުމުން އެމްޕީއެލްއިން ތިލަފުށީގައި ހިންގާ އޮޕަރޭޝަންތަކަށް ބޮޑު ލުއިކަމެއް ލިބި، ދެވޭ ހިދުމަތްތަކުގެ ފެންވަރު އިތުރަށް ހަރުދަނާވެގެންދާނެއެވެ. މިއީ އެ ސަރަހައްދުގެ ވިޔަފާރި އާއި މުދާ އުފުލުމުގެ ނިޒާމަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށް އެ ކުންފުނިން ދެކެއެވެ.


އެމްޓީސީސީއަކީ ވޭތުވެދިޔަ 45 އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކާމިޔާބުކަމާއެކު ހިންގާފައިވާ، ރާއްޖޭގެ އެންމެ ބޮޑު އެއް ކޮންސްޓްރަކްޝަން ކުންފުންޏެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement