އެންޑްރިކް އާއި އެމްބާޕޭ ވެސް ރެއާލްގެ ޖަރޒީގައި ކުޅުނު ޗެމްޕިއަންސް ލީގު އަލަތު މެޗުގައި ލަނޑު ޖަހައިފި
ލަނޑުޖެހުމަށްފަހު އެންޑްރިކް އުފާފާޅުކުރަނީ: ފޮޓޯ-ރެއާލް

އެންޑްރިކް އާއި އެމްބާޕޭ ވެސް ރެއާލްގެ ޖަރޒީގައި ކުޅުނު ޗެމްޕިއަންސް ލީގު އަލަތު މެޗުގައި ލަނޑު ޖަހައިފި

1 day ago - 10:40
Sep 18, 2024 - 10:49

އެންޑްރިކް އާއި އެމްބާޕޭ ވެސް ރެއާލްގެ ޖަރޒީގައި ކުޅުނު ޗެމްޕިއަންސް ލީގު އަލަތު މެޗުގައި ލަނޑު ޖަހައިފި އެވެ. 3-1 ން ސުޓްޓްގާޓް ބަލިކޮށް, ޗެމްޕިއަންސް ރެއާލް އާސީޒަންގެ ޗެމްޕިއަންސް ލީގު ފެށި މެޗުގައި ދެން ލަނޑު ޖެހީ ޑިފެންޑަރ ރުޑިގާ އެވެ.

މެޗުގައި އުމުރުން 18 އަހަރާއި 56 ދުވަހުގެ އެންޑްރިކް ވަނީ ޗެމްޕިއަންސް ލީގުގައި ރެއާލްއަށް ގޯލް ޖަހައިދިން އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑް މުގުރާލާފައެވެ. މީގެ 29 އަހަރު ކުރިން 1995 ގައި މިރެކޯޑް ގާއިމް ކުރީ 18 އަހަރާއި 113 ވަނަ ދުވަހުގައި ރައުލްއެވެ. އެންޑްރިކްގެ ގޯލް ޖެހީ މެޗު ނިމެން ދަނިކޮށް މެޗުގެ އިތުރު ވަގުތުގެ 5 ވަނަ މިނިޓްގައި ވަރަށް ދުރުން ފޮނުވާލި ބޯޅަ އަކުންނެވެ.

އެންޑްރިކް ވަނީ އޭނާ ރެއަލް މެޑްރިޑާއެކު ލަލީގާގައި ކުޅުނު ފުރަތަމަ މެޗުގައިވެސް ރެއާލް ވަޔަޑޮލިޑްއާ ދެކޮޅަށް ގޯލް ޖަހާފައެވެ. ރޭގެ މެޗަށް އެންޑްރިކް ނިކުމެފައި ވަނީ 80 ވަނަ މިނިޓްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ. އަނިޔާއިން އެނބުރި އައިސް މިޑް ފީލްޑަރ ޖޫޑް ބެލިންގހަމްވެސް ރޭގެ މެޗުގައި ވަނީ 80 މިނިޓް ކުޅެފައެވެ.

މިއީ ކީލިއަން އެމްބާޕޭވެސް ޔޫރަޕްގެ އެންމެ ވަރުގަދަ މުބާރާތުގައި ރެއާލް މެޑްރިޑްގެ ޖަރޒީގައި ކުޅުނު ފުރަތަމަ މެޗެވެވެ. މެޗުގައި ރެއާލްގެ ފުރަތަމަ ގޯލް, ދެވަނަ ހާފްގެ ފުރަތަމަ މިނިޓްގައި ކާމިޔާބުކޮށްދިނީ އެމްބާޕޭއެވެ. ބްރެޒިލްގެ ފޯވާޑް ރޮޑްރީގޯއަށް ރީތިކޮށް ޖެހެން އޮވެ އޭނާވަނީ އެބޯޅަ އެމްބާޕޭއަށް ޕާސްކޯށް ގޯލްޖެހުމުގައި އެހީތެރިވެދީފައެވެ.

Advertisement

ނަމަވެސް މެޗުގެ 68 ވަނަ މިނިޓްގައި ސްޓްޓްގާޓުގެ ކުރިއަށް ކުޅެމުން އަންން ޑެނިޒް އަންޑޭވް ގޯލް ޖަހާ މެޗުގެ ނަތީޖާ ވަނީ އެއްވަރުކޮށްދިނެވެ. އޭގެ 10 މިނިޓް ފަހުން އެންޒީ މިލޮޓްއަށް ސްޓްޓްގާޓުގެ ނަތީޖާ ބަދަކޮށްލާނެ ރަނގަޅު ފުރުޞަތެއް ލިބުންނަމަވެސް ރެއާލްގެ ގޯލްކީޕަރު ކޯޓުއާ ވަނީ ފަސޭހަކަމާއެކު އެބޯޅަ ދިފާއުކޮށްފައެވެ.

ރެއާލް މެޑްރިޑްގެ ދެވަނަ ގޯލް ލޫކާ މޮޑްރިޗް ތަނަވަސްކޮށްދިން ފުރުޞަތެއްގައި 83 ވަނަ މިނިޓްގައި ކާމިޔާބު ކޮށްދިނީ ޑިފެންޑަރު އެންޓޯނިއޯ ރުޑީގާއެވެ.

މެޗުގައި ވިނީޝިއުސް އަށްވެސް ގޯލެއް ޖަހާނެ ރަނގަޅު ފުރުޞަތެއް ލިބުނެވެ. ނަމަވެސް 58 ވަނަ މިނިޓްގައި ގޯލާ އަމާޒުކޮށް އޭނާ ފޮނުވާލި ބާރު ބޯޅަ ޖއަމާޒުވީ ހުރަސް ދަނޑިއަށެވެ.

މެޗަށްފަހު ރެއާލްގެ ކޯޗު ކާލޯ އަންޗޮލޮޓީ ބުނީ އެންޑްރިކް މެޗުގައި ދެއްކީ ހިތްވަރުކަމަށެވެ. އަދި މެޗުގައި އޭނާ ގޯލެއް ކާމިޔާބުކުރާނެކަން އޭނާ އަށް އެނގޭކަމަށާއި, އެކަމުގައި އޭނާ ހިޔާރުކުރީ އުނދަގޫ ޙައްލެއް ނަމަވެސް އެންމެފަހުން އެނާ އެކަން ހާސިލްކޮށްފި ކަމުގައިވެސް ކޯޗު ބުންޏެވެ.

18 އަހަރުގެ އެންޑްރިކް ވަނީ ޕާޓްނަރ ގެބްރީލީ މިރަންޑާއާ މިފަހުތާގައި ކައިވެނިކޮށްފައެވެ. އެހެންކަމުން މި ގޯލާއެކު މިއީ އެންޑްރިކްގެ ޙަޔާތަށްވެސް އުފާވެރި ވަގުތުކޮޅެކެވެ.

 

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow