މަޖިލީސް އިންތިޙާބުގެ ވޯޓުލާމީހުންގެ ދަފްތަރު އާންމުކޮއްފި

މަޖިލީސް އިންތިޙާބުގެ ވޯޓުލާމީހުންގެ ދަފްތަރު އާންމުކޮއްފި

މަޖިލީސް އިންތިޙާބު 2024- ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީ އާންމުކޮއްފި

10 months ago - 14:19
Jan 11, 2024 - 15:44
Advertisement
Advertisement

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އާންމުކޮށް، ޝަކުވާ ހުށައެޅުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

މަޖިލިސް އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު 284،327 މީހުންނަށް ލިބިފައިވާކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 139،165 އަންހެނުންނާއި، 145،162 ފިރިހެނުން ކަމުގައި އިލެކްޝަން ކޮމިޝަނުން ވިދާޅުވިއެވެ. މިއީ ނިމިދިޔަ އިންތިހާބައް ވުރެ 1523 އިތުރު އަދަދެކެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ އެ މީހަކު ވޯޓުލާ ދާއިރާ އެނގޭ ގޮތަށް ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓުކޮށްފައެވެ.އަދި  އެސްއެމްއެސް މެދުވެރިކޮށްވެސް ލިސްޓުގައި ނަން އޮތްތޯ ބެލޭނެއެވެ.

މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ރަށުން ޝަކުވާ ބަލައިގަންނާނީ އެ ރަށެއްގެ ކައުންސިލް އިދާރާއިން ކަމަށާއި އައްޑު އާއި ފުވައްމުލަކު ސިޓީގެ އަވަށު އޮފީސްތަކުންނާއި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އިދާރާއިން ޝަކުވާ ބަލައިގަންނާނެކަމަށްވެސް އީސީން ވިދާޅުވެއެވެ. އަދި މާލޭގައި ޝަކުވާ ބަލައިގަންނާނީ ދަރުބާރުގޭގައި ހުންނަ އިންތިހާބާ ބެހޭ މަރުކަޒުންކަމަށްވެސް އިލެކްޝަނުން ވިދާޅުވެއެވެ.

Advertisement
Advertisement

ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރު ފަހު 15:00އަށް، އަދި ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 9:00 އިން މެންދުރުފަހު 15:00އަށް އޮންނާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement