އަސްކޮއި އުމުރާ ކުންފުނީގެ މައްސަލަ ފުލުހުންނަށް ހުށަހަޅައިގެން, ފިޔަވަޅު އަޅާނަން- މިނިސްޓަރ
އަސްކޮއިގެ ހަވާލުގައި މީގެކުރިން އުމްރާއަށް ދިޔަ ބަޔަކު

އަސްކޮއި އުމުރާ ކުންފުނީގެ މައްސަލަ ފުލުހުންނަށް ހުށަހަޅައިގެން, ފިޔަވަޅު އަޅާނަން- މިނިސްޓަރ

11 hours ago - 07:27
Jul 17, 2025 - 07:27
Advertisement
Advertisement

އަސްކޮއި އުމުރާ ކުންފުނީގެ މައްސަލަ ފުލުހުންނަށް ހުށަހަޅައިގެން, ފިޔަވަޅު އަޅުއްވާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑ.މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ އަސްކޮއި އުމްރާ ކުންފުނިން ފައިސާ ނެގުމަށްފަހު އުމްރާއަށް ނުގެންގިސް ލަނޑުދިން މައްސަލައެއް އަނެއްކާވެސް ސަމާލުކަމަށް އައުމުންނެވެ.

މިނިސްޓަރ ވިދާޅުވީ އަސްކޮއި އުމްރާ ކުންފުނިން އުމްރާއަށް މީހުން ގެންދިއުމަށް ފައިސާ ނަގައި ފުރަން އޮތް ދުވަހު ނުފުރައި ލަނޑުދީގެން އުޅޭކަމުގެ މައުލޫމާތު ރޭ އިރާކޮޅު މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. މި މައްސަލަ ފުލުހަށް ހުށަހަޅައި ޤަވާއިދާ އެއްގޮތައް ފިޔަވަޅު އަޅުއްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެމައްސަލަ ސަމާލުކަމަށް ގެނައީ އެގްރޫޕުން އުމްރާއަށް ދިއުމަށް ފައިސާ ދެއްކި ނަމަވެސް އުމްރާއަށް ދެވޭގޮތް ނުވިބަޔަކު ސޯޝަލް މީޑިޔާގައި އެކަން ސަމާލުކަމަށް ގެނައުމުންނެވެ. ފައިސާ ނެގުމަށްފަހު އުމްރާއަށް ނުގެންދެވެނީ ގަލްފް ހަނގުރާމައިގެ ސަބަބުން ކަމަށް ބުނެ, އެކުންފުނީގެ ވެރިން ފޯނުވެސް ނިއްވާލާފައިވާ ކަމަށް ބުނެފައި ވެއެވެ. އަދި ފައިސާ ދެއްކި މީހުންގެ ޕާސްޕޯރޓްތައްވެސް ވީ އެކުންފުނީގައި ކަމަށް ބުނެފައިވެއެވެ. އަދި މިމަހު 24 ގައި ފުރަން މާލެ އަންނަންވެސް މީހުންނަށް އެނގިއެވެ.

މިއީ އަސްކޮއި ގްރޫޕުން މިގޮތަށް ލަނޑުދިން ފުރަތަމަ ފަހަރެއްވެސް ނޫނެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement