
ދ. ކުޑަހުވަދޫގައި ވިޔަފާރި ބަނދަރެއް ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
ވެރިކަމުގެ މި ދައުރު ތެރޭގައި މަސައްކަތް ނިންމާ އޮޕަރޭޝަނަށް ގެންނާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި
ދ. ކުޑަހުވަދޫގައި ވިޔަފާރި ބަނދަރެއް ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއި ކުރެއްވީ، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީ.އީ.އޯ) އަދި މެނޭޖިންގް ޑައިރެކްޓަރ، މުޙައްމަދު ރިޝްވާންއެވެ.
މިއެއްބަސްވުމުގައި ސޮއިކޮށް, މަސައްކަތް ހަވާލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ދ.އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުޑަހުވަދޫއަށް ވަޑައިގެންނެވެ. އެމަޝްރޫއަށް އިޝާރާތްކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވަނީ
ދ. ކުޑަހުވަދޫ ވިޔަފާރި ބަނދަރުގެ މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ ސިފަކުރެއްވީ ސަރަޙައްދީ ގޮތުން ބަލާއިރު ވަރަށް އެކަށޭނަ، މަޢުޤޫލު މަޝްރޫޢެއްގެ ގޮތުގައެވެ. ސޮއި ކުރެވުނު އެއްބަސްވުމާއެކު ދެންވެސް ހުރި ހުރިހާ ކަމެއް ކުރިއަށް ގެންދެވި، އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިނގާ، އޮޕަރޭޝަނަލް ބަނދަރެއްގެ ގޮތުގައި މި ވިޔަފާރި ބަނދަރު، މާތް ﷲ ގެ އިރާދަފުޅާއެކު މި ދައުރުގެ ތެރޭގައި ހައްދަވައި، ރައްޔިތުންނަށް ދައްކަވައި ދެއްވާނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
ދ. ކުޑަހުވަދޫއަކީ ރާއްޖޭގެ 7 ސަރަޙައްދެއްގައި ތަރައްޤީކުރާ އަރބަން ސެންޓަރުތަކުގެ ތެރެއިން އެއް މަރުކަޒެކެވެ.
ރިއެކްޝަންސް






