ސްޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދު 5 އަށް މަދުކުރަން ޤާނޫނަށް އިސްލާހު ހުށަހަޅައިފި
ބިލް ހުށަހެޅުއްވި މެމްބަރު އަބްދުއްސައްތާރު: ފޮޓޯ-ރައްޔިތުންގެ މަޖިލިސް

ސްޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދު 5 އަށް މަދުކުރަން ޤާނޫނަށް އިސްލާހު ހުށަހަޅައިފި

ބިލްގެ ފުރަތަމަ ކިޔުން އިއްވުން މިއަދު

1 year ago - 07:45
Feb 24, 2025 - 07:46
Advertisement
Advertisement

ސްޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދު 5 އަށް މަދުކުރަން ޤާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ. އިސްލާހު ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުޙައްމަދެވެ.

ދިވެހިރާއްޖޭގެ ކޯޓްތަކުގެ ޤާނޫނަށް މެމްބަރު އަބްދުއްސައްތާރު ހުށަހެޅުއްވި މައިގަނޑު އިސްލާހަކީ ސްޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދު 7 ން 5 އަށް މަދުކުރުމެވެ. މީގެއިތުރުން މިޤާނޫނު ފާސްވާތާ ފަސް ދުވަހުގެ ތެރޭގައި ޖޭއެސްސީން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިގެން ފަނޑިޔާރުން ވަކިކުރުމުގެ ބާރުވެސް މިއިސްލާހު ފާސްވުމުން ލިބިދެއެވެ. ޖޭއެސްސީން ހުށަހަޅާތާ 7 ދުވަހުގެ ތެރޭގައި މަޖިލިހުން ގޮތް ނިންމަންވެސް ވަނީ ލާޒިމްކޮށްފައެވެ.

މެމްބަރު ސައްތާރު ހުށަހެޅުއްވި އިސްލާހުގެ ފުރަތަމަ ކިޔުން މިއަދުގެ ޖަލްސާއަށް އިއްވަން ވަނީ އެޖެންޑާކޮށްފައެވެ. މިފަދަ އިސްލާހެއް ހުށަހަޅާފައި މިވަނީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ ވަކިކޮށްފި ނަމަ މެމްބަރު ކަމުގެ ގޮނޑި ގެއްލޭ ގޮތަށް ޤާނޫނަށް ގެނައި ބަދަލުގެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހަޅާ އެކޯޓުގެ ހަތް މެމްބަރުން ހިމެނިވަޑައިގަންނަވާ ފުލް ބެންޗުން މައްސަލަ ބަލަމުން ދަނިކޮށެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement