ޕާކިސްތާންގެ ބަލޮޗިސްތާން ޕްރޮވިންސްގައި ރޭލެއް ހައިޖެކްކޮށް އެތައްސަތޭކަ މީހުން ރަހީނުކޮށްފި
ބަލޮޗިސްތާން ސަރަޙައްދުގައި ޓްރެއިން އެއް ދަތުރުކުރަނީ. ފޮޓޯ: އެންޑީޓީވީ

ޕާކިސްތާންގެ ބަލޮޗިސްތާން ޕްރޮވިންސްގައި ރޭލެއް ހައިޖެކްކޮށް އެތައްސަތޭކަ މީހުން ރަހީނުކޮށްފި

ހަމަލާގެ ޒިންމާ ބަލޮޗިސްތާން ލިބަރޭޝަން އާމީ (ބީއެލްއޭ) އިން ވަނީ ނަގާފައި

13 hours ago - 00:48
Mar 12, 2025 - 01:12

ޕާކިސްތާނުގެ ހުޅަނގު ދެކުނު ބަލޮޗިސްތާން ޕްރޮވިންސްގައި ރޭލެއް ހައިޖެކްކޮށް އެއިން ދަތުރުކުރި އެތައްސަތޭކަ ބަޔަކު ރަހީނުކޮށްފިއެވެ ހަތިޔާރު އަޅައިގެން ތިބި މީހުން ހައިޖެކްކުރި ރޭލު ދަތުރުކުރަމުންދިޔައީ އެ ޕްރޮވިންސްގެ ވެރިކަންކުރާ ގެޓާއިން ޕެޝާވަރުގެ އުތުރުގެ ސިޓީއަކަށެވެ.

ޕާކިސްތާނުގެ ރެއިލްވޭ މަސްދަރުތަކާ ހަވާލާދީ އަލްޖަޒީރާއިން ކަށަވަރުކޮށްދީފައިވާ ގޮތުގައި ޖެފަރ އެކްޕްރެސްގެ ޓްރެއިން ހަނގުރާމެރިންގެ އަތްދަށަށްދިޔައިރު, އޭގައި  400 އަށްވުރެ ގިނަ މީހުން ތިބޭނެއެވެ.

ހަމަލާއާ ގުޅިގެން އިރު ދެކުނު ގޭޓާ 160 ކިލޯމީޓަރުގައި އޮންނަ ސިބި ސިޓީގެ މައި ހޮސްޕިޓަލްގައި ކުއްލި ހާލަތު އިއުލާންކޮށްފައިވާކަމާށް ބަލޮޗިސްތާންގެ ތަރުޖަމާނު ޝާހިދު ރިންދް ބުނެފައިވާކަމަށްވެސް އަލްޖަޒީރާއިން ރިޕޯޓްކޮށްފައި ވެއެވެ. ރިޕޯޓްތައް ބުނާގޮތުން އެސަރަޙައްދުން ޓްރެއިން ތެރޭގައި ބަޑީގެ އަޑުފައްގަނޑު ވަރަށް ގަދައަށް އިވެމުންދިޔައެވެ.

މި ހަމަލާގެ ޒިންމާ ވަކިވެގަނެގެން އުޅޭ ބަލޮޗް ލިބަރޭޝަން އާމީ (ބީއެލްއޭ) އިން ވަނީ ނަގާފައެވެ. އެ ގްރޫޕުން ނެރުނު ބަޔާނުގައި ޕާކިސްތާނު ސިފައިންގެ ހަ މީހަކު މަރާލާ ހައިޖެކް ކުރިމީހުންގެ ތެރޭގައިވެސް ސަލާމަތީ ކަންކަމާގުޅޭ މީހެއް ހިމެނޭކަމަށް ވަނީ ބުނެފައެވެ.

Advertisement
Advertisement

އެކަމާ ގުޅިގެން ޕާކިސްތާން އަސްކަރިއްޔާގެ ފަރާތުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް ސަލަމަތީ މަސްދަރުތައް ބުނާގޮތުން އަސްކަރިއްޔާއިން މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަނެއް މިހާރުވަނީ ފަށާފައެވެ. އަދި ބައެއް މީހުން އަމިއްލައަށް ސަލާމަތްވެ އެސަރަހައްދުގެ ކުޑަ ސްޓޭޝަނަކަށް ސަލާމަތުން ވަނީ އައިސްފައެވެ.

ރެއިލްވޭ އޮފިޝަލް ރަނާ ފާރޫޤް އާ ހަވާލާދީ އަލްޖަޒީރާގައި ބުނެފައިވާ ގޮތުގައި ހާދިސާ ހިނގި ސަރަހައްދާ 6 ކިލޯމީޓަރު ދުރުގައި އޮންނަ ޕަނީރް ރެއިލްވޭ ސްޓޭޝަނަށް އަންހެނުންނާއި, ކުޑަކުދިން އަދި އުމުރުން ދުވަސްވީ މީހުން ހިމެނޭހެން 70 ވަރަކަށް މީހުން ވަނީ ސަލާމަތުން އައިސްފައެވެ. އެމީހުން އައިސްފައިވަނީ ފައިމަގުގައެވެ.

ގެޓާއިން ފެށި ޓްރެއިން ޕެޝާވަރަށް ދިއުމަށް ހަމަޖެހިފައިވަނީ 1600 ކިލޯމީޓަރު (994 މޭލު) ކަޑައްތުކުރާ 30 ގަޑިއިރުގެ ދިގު ދަތުރަކަށް ފަހުއެވެ. ދާ މަގުމަތީގައި 30 ތަނަކަށް ޓްރެއިން މަޑުކުރަން ހަމަޖެހިފައި ވެއެވެ.

ފާއިތުވި އަހަރުވެސް ބީއެލްއޭއިން ޓްރެއިން އެއް ބަލޮޗިސްތާނުން ހައިޖެކްކުރި ހާދިސާއަކަށްފަހު ދެ މަސްދުވަސް ވަންދެން ޓްރެއިންގެ ހިދުމަތް ހުއްޓާލާފައި އޮތުމަށްފަހު އަލުން ފަށާފައިވަނީ އޮކްޓޯބަރު މަހުއެވެ.

މިނެރަލްސް އާއި ގުރުރަތީ މުއްސަނދިކަން ލިބިފައިވާ ބަލޮޗިސްތާން ގައި ސަރުކާރާއި ވަކިވެގަނެގެން އުޅޭ ބަލޮޗް ގުރޫޕާ ދެމެދު ހަމަނުޖެހުންތައް ހިނގަމުންދާތާ އެތައް އަހަރެއްވަނީ ވެފައެވެ. އެއީ ބަލޮޗް ގެ ގްރޫޕުން އެތަން ޕާކިސްތާނުން ވަކިކޮށް ވަކި ދައުލަތެއް ޤާއިމްކުރުމަށް ކުރަމުންދާ މަސައްކަތު ތެރެއިން އުފެދިފައިވާ ހަމަނުޖެހުމެކެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow