މަގުމަތީގެ ރައްކާތެރިކަމަށް ހޭލުންތެރިކުރުމުގެ ހަރަކާތެއް ހުޅުމާލޭގައި ކުރިއަށް ގެންގޮސްފި

މަގުމަތީގެ ރައްކާތެރިކަމަށް ހޭލުންތެރިކުރުމުގެ ހަރަކާތެއް ހުޅުމާލޭގައި ކުރިއަށް ގެންގޮސްފި

12 hours ago - 16:06
Advertisement
Advertisement

ރަމަޟާންމަހާ ދިމާކޮށް މަގުމަތީގެ ރައްކާތެރިކަމަށް ހޭލުންތެރިކުރުމުގެ ހަރަކާތެއް ހުޅުމާލޭގައި ފުލުހުން ކުރިއަށް ގެންގޮސްފިއެވެ. 

މިކަމާއި ގުޅިގެން ފުލުހުން ބުނީ މި ހަރަކާތް ކުރިއަށްގެންދިއުމުގެ ބޭނުމަކީ، ކޮންމެ އަހަރެއްގެ ރަމަޟާން މަހަކީ މަގުމަތީގެ ދަތުރުތައް ގިނަވެ އެކްސިޑެންޓުތައް ގިނަވާ ދުވަސްވަރެއް ކަމަށް ވާތީ ދުރާލާ އެކަމަށް ހޭލުންތެރިކޮށް ގާނޫނާއި ގަވާއިދުތަކަށް އަހުލުވެރިކުރުމުގެ ގޮތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސިލްސިލާ ހަރަކާތްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

މި ހަރަކާތުގައި ހުޅުމާލޭގައި މީހުން ގިނައިން އެއްވެ އުޅޭ ސަރަހައްދުތަކުގައި ސައުންޑް ސިސްޓަމް ބޭނުންކޮށްގެން ކަމާބެހޭ މެސެޖުތައް އިއްވުމުގެ އިތުރުން އާންމުންނާ ބައްދަލުކޮށްގެން ވާހަކަދައްކައި ހޭލުންތެރިކުރުވާފައިވެއެވެ. މިގޮތުން، އެއްގަމު އުޅަނދު ދުއްވަން ކަނޑައަޅާފައިވާ ދުވެލީގައި ދުއްވަން އާދަކުރުމަށާއި ހިނގާބިގާވެ އުޅޭ މީހުން ވެސް ދުއްވާ އެއްޗިއްސަށް ސަމާލުވުމަށާއި ކަފިހިހުރަސް ބޭނުންކުރަންވާ ގޮތުގެ އިރުޝާދުތަކާއި ބުރު ވަށައިގެން ދުއްވާއިރު ވިސްނަންޖެހޭ ކަންކަން ފަދަ މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ ގިނާ މެސެޖުތަކެއް ދީފައިވެއެވެ.

މި ހަރަކާތް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement