ސަންޕާ ސަރަހައްދަށް ފެހުރިހި ބަލަން ދެވޭނީ ބުރަފަތީގައި ގާޑް އަޅުވައިގެން ކަމަށް ކަނޑައަޅައިފި
ސަންޕާ ސަރަހައްދުގައި މިދިޔަ ހުކުރު ދުވަހު ފަތުރުވެރިންތަކެއް: ފޮޓޯ-ޙަފްޞީ

ސަންޕާ ސަރަހައްދަށް ފެހުރިހި ބަލަން ދެވޭނީ ބުރަފަތީގައި ގާޑް އަޅުވައިގެން ކަމަށް ކަނޑައަޅައިފި

4 hours ago - 07:55
Feb 2, 2025 - 07:55
Advertisement
Advertisement

ސައުތް އަރި މެރިން ޕްރޮޓެކްޓެޑް އޭރިޔާ (ސަންޕާ) ސަރަހައްދަށް ފެހުރިހި ބަލަން ފަތުރުވެރިން ގޮވައިގެން ދެވޭނީ ބުރަފަތީގައި ގާޑް އަޅައިގެން ކަމަށް ކަނޑައަޅާ އެކަން މަޖުބޫރު ކޮށްފިއެވެ. އެކަން މަޖުބޫރުކޮށްފައި ވަނީ ރޭ އާއްމުކުރި ސަންޕާ މެނޭޖް ކުރާނެ ގޮތުގެ ޕްލޭނުގައެވެ.

އދ.އަތޮޅުގައި ހިމާޔަތްކޮށްފައިވާ އެސަރަހައްދަކީ ފެހުރިހި ބަލަން އެންމެ ގިނަ ބަޔަކު ދާ ސަރަހައްދެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުން އަންނަ ފަތުރުވެރިން އެސަރަހައްދަށް ގޮސް, އެއްވަގުތެއްގައި އެތައް ބަޔަކު މޫދަށް ފައިބާ ތިބެއެވެ. އެކަންވެސް ކޮންޓްރޯލްކޮށް އެއްފަހަރާ އެންމެ ގިނައިން އެސަރަހައްދަށް ފޭބޭނީ 60 މީހުންނަށް ކަމަށް ވަނީ ކަނޑައަޅާފައެވެ.

އެސަރަހައްދަކީ 2009 ވަނަ އަހަރުން ފެށިގެން ހިމާޔަތްކޮށްފައިވާ ސަރަހައްދެކެވެ. އެއީ އދ.އަތޮޅުގެ ރިސޯރޓެއް ކަމަށްވާ ރަންގަލި ފަރުގެ އުތުރު ކަނުން ފެށިގެން ދިގުރަށު އުތުރު ކަނާ ދެމެދުގައި ހުރި ރަށްރަށުގެ ފަރުގެ ބޭރުތޮށިން ފެށިގެން ކިލޯ މީޓަރެއްގެ ސަރަހައްދެވެ. އެސަރަހައްދުގައި ދުއްވޭނެ ސްޕީޑެއްވެސް ވަނީ ކަނޑައަޅާފައެވެ.

ފަތުރުވެރިން ގޮވައިގެން އެސަރަހައްދަށް ދާ އުޅަނދުތަކުގެ ބުރަފަތީގައި ގާޑް އަޅުވަން ދީފައިވަނީ ތިން މަސްދުވަހުގެ މުއްދަތެކެވެ. ޕްލޭނުގައިވާ ގޮތުން އެސަރަހައްދަށްދާ އެހެން އުޅަނދު ތަކުގެ ބުރަފަތީގައިވެސް އެއް އަހަރުގެ ތެރޭގައި ގާޑް އަޅުވަން ޖެހެއެވެ. ސަންޕާ ސަރަހައްދަށް ސްނޯކްލް އާއި ޑައިވިންގއަށް މީހުން ގެންދާ އުޅަނދުތައް އީޕީއޭގައި ރަޖިސްޓްރީވެސް ކުރަން ޖެހެއެވެ.

Advertisement
Advertisement

ސަންޕާ ސަރަހައްދު މެނޭޖްކުރާ ޕްލޭނަށް އަމަލުކުރާކަން ކަށަވަރުކުރުމަށް ޚާއްޞަ ބަޔަކު ތަމްރީނުކޮށް މޮނިޓަރ ކުރުމަށްވެސް ޕްލޭންގައި ވަނީ ހިމަނާފައެވެ. މިފަދަ ޕްލޭނެއް އެކުލަވާލާ ތަންފީޒު ކުރަން މިފެށީ އުޅަނދުތަކުގެ ބުރަފަތިން ޖެހި ހިތާމަވެރި ބައެއް ހާދިސާތައް ހިނގާފައިވާތީއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement