ޒޮބޮސްލާއީގެ ހިތްގައިމު ހިލޭޖެހުމުން ފަހުވަގުތު އާސެނަލް އަތުން ލިވަޕޫލް މޮޅު
ގޯލް ޖެހުމަށްފަހު ޒޮބޮސްލައީ. ފޮޓޯ: ލިވަޕޫލް

ޒޮބޮސްލާއީގެ ހިތްގައިމު ހިލޭޖެހުމުން ފަހުވަގުތު އާސެނަލް އަތުން ލިވަޕޫލް މޮޅު

8 hours ago - 23:26
Aug 31, 2025 - 23:28

ޑޮމިނިކް ޒޮބޮސްލާއީ 83 ވަނަ މިނިޓްގައި ހިލޭޖެހުމަކުން ކާމިޔާބުކުރި ހިތްގައިމު ގޯލާއެކު އިނގިރޭސި ޕްރިމިއަރ ލީގުގައި އާސެނަލް އަތުން 1-0 ން މޮޅުވެ ލިވަޕޫލްއިން ތާވަލްގެ އެއްވަނައިގައި ހަމަޖެހިލައިފިއެވެ. 

އާސެނަލްގެ ދަނޑުގައި ކުޅުނު މި މެޗުން ތިން ޕޮއިންޓް ހޯދުމަކީ ރޭހުގެ ކުރީކޮޅު ރައްކާތެރި ހިސާބުގައި އޮތުމަށް ލިވަޕޫލްއަށް މުހިއްމު މޮޅެކެވެ. އެހެންކަމުން ބައިނަލްއަޤުވާމީ ބްރޭކަށް ލިވަޕޫލް ދާނީ ކުޅުނު ތިން މެޗުންވެސް މޮޅުވެ އެކަމުގެ ހިތްހަމަޖެހުމާއެކުއެވެ. 

ފުރަތަމަ ހާފުގައި ދެޓީމުންކުރެ އެއްޓީމަށްވެސް ގޯލެއް ކާމިޔާބުކުރާނެ މާ ރަނގަަޅު ފުރުޞަތުތަކެއް ނުހޯދުނެވެ. ނަމަވެސް ދަނޑުގެ މެދެއްހާ ހިސާބުން ގޯލާއަމާޒުކޮށް ލިވަޕޫލްއިންވަނީ ރަނގަޅު ޝޮޓެއް ފޮނުވާލާފައެވެ. 

މެޗުގެ 70 ވަނަ މިނިޓްގައި އާސެނަލްއާ އަލަށް ގުޅުނު އެބާޗީ އޭޒޭ ވަނީ ކުޅުމުގެ ތެރެއަށް ނިކުމެފައެވެ. ނަމަވެސް މާރަނގަޅު ކުޅުމެއް ދެއްކޭގޮތް ވަނީ ނުވެފައެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow