ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން ފަށައިފި
އިލްމްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ-އިސްލާމިކް މިނިސްޓްރީ

ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން ފަށައިފި

100 އަށްވުރެ ގިނަ އިލްމްވެރިން ބައިވެރިވޭ

24 days ago - 09:30
Aug 24, 2024 - 09:30
Advertisement

 ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން ފަށައިފި ފަށައިފިއެވެ. އިސްލާމިކް މިނިސްޓްރީން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ބައްދަލުވުމުގައި 100 އަށްވުރެ ގިނަ އިލްމްވެރިން ބައިވެރިވެއެވެ.

އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މި ބައްދަލުވުމުގައި ގިނަ ކަންތައްތަކާ މެދު މަޝްވަރާކުރާނެ ކަމަށެވެ. މިނިސްޓްރީގެ ދީނީ މަސައްކަތްކުރިއަށް ގެންދާނެ ގޮތްތަކާމެދުވެސް މިބައްދަލުވުމުގައި އިލްމުވެރިންގެ ލަފާ ހޯދާނެ  ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ޤައުމީ އިސްލާމީ ތަޞައްވުރަކާމެދު މަޝްވަރާކުރާނެ ކަމަށް ވަޒީރު ޝަހީމް ވިދާޅުވިއެވެ. މިނިސްޓަރ ޝަހީމް ވިދާޅުވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ހުރިހާ ކާމިޔާބީއެއްގެ އެންމެ ބޮޑު ހިއްސާދާރަކީ ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމަށެވެ.ވަޒީރު ވިދާޅުވީ  މިއަދު ދިވެހިރާއްޖޭގައި މިއޮތް ސަރުކާރަކީ އިސްލާމްދީނަށް ނަޞްރު ދިނުމުގައި ދެމި ތިބޭނެ ސަރުކާރެއްކަމަށެވެ.

އިސްލާމިކް މިނިސްޓްރީން މިހާރު ކުރިއަށް ގެންދާ ގިނަ ކަންކަމުގައި އެންމެ މުހިއްމު ބަޔަކީ ދީނީ ޢިލްމުވެރިންކަމަށާއި އެކަންކަމުގައި ޢިލްމުވެރިންގެ ފަރާތުން ލިބިލައްވާ އެއްބާރުލެއްވުމަށް ދީނީ ޢިލްމުވެރިންނަށް ވަޒީރު ޝުކުރު އަދާކުރެއްވިއެވެ. މީގެ އިތުރުން އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން އަލުން ބޭއްވޭކަމީ އުފާ ކުރައްވާކަމެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

Advertisement

އިލްމްވެރިންގެ ބައްދަލުވުން ކުރިއަށް ގެންދަނީ 'އިސްލާމީ ރިވެތި އަހުލާގާއި, އަހުލާގު ހިމާޔަތް ކުރުމުގައި ޢިލްމްވެރިންގެ ދައުރު' މި ޝިއާރުގެ ދަށުންނެވެ. ބައްދަލުވުން މިއަދުގެ ނިޔަލަށް ކުރިއަށް ގެންދާނެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement