
އެމްއެމްއޭއިން ބޭރު ފައިސާއާ ބެހޭ އާންމު ގަވާއިދަށް ޚިޔާލު ހޯދަން ހުޅުވާލައިފި
ބޭރު ފައިސާއާ ބެހޭ އާންމު ގަވާއިދުގެ ޑްރާފްޓަށް ޚިޔާލު ހުށަހަޅަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހުޅުވާލައިފިއެވެ.
މި ގަވާއިދަކީ މިދިޔަ އަހަރު އަމަލުކުރަން ފެށި ބޭރު ފައިސާއާ ބެހޭ ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ގަވާއިދެކެވެ.
އެމްއެމްއޭ އިން ވިދާޅުވީ މި ގަވާއިދަކީ ބޭރު ފައިސާއިން ކުރެވޭ މުއާމަލާތްތައް ކަނޑައެޅުމާއި، ވިޔަފާރިތަކަށް ބޭރު ފައިސާއިން ލިބޭ އާމްދަނީ ބޭންކުތަކަށް ޖަމާކުރުމާއި މާރުކުރުމާ ގުޅޭ ގަވާއިދު ކަމަށެވެ.
އެމްއެމްއޭއިން ބުނެފައިވަނީ އަންނަ އާދީއްތަ ދުވަހުގެ މެންދުރު 1 ގެ ކުރިން މި ގަވާއިދުގެ ޑުރާފްޓް އަށް ޚިޔާލު ހުށަހެޅިދާނެ ކަމަށެވެ. ހިޔާލު ހުށަހެޅުމަށް އީމެއިލް ފޮނުވާނީ foreignexchange@mma.gov.mv އަށް ކަމަށެވެ.
ބޭރު ފައިސާއާ ބެހޭ ޤާނޫނު އެކުލަވާލާފައިވަނީ ބޭރު ފައިސާއިން ކުރެވޭނެ މުއާމަލާތްތައް ކަނޑައެޅުމާއި، ބޭރު ފައިސާ ރާއްޖެއަށް އެތެރެކުރުމާއި ބޭރުކުރުމާ ބެހޭ އުސޫލުތައް ކަނޑައެޅުމަށެވެ.
ރިއެކްޝަންސް






