އިޒްރާއިލްގެ ފައުޖުތަކުން ޖެނިން ވަށާލައިފި
ފަލަސްތީނުގެ ރައްޔިތުން ސުންނާފަތި ވެފައިވާ ޖެނިންގައި: ފޮޓޯ- ބީބީސީ

އިޒްރާއިލްގެ ފައުޖުތަކުން ޖެނިން ވަށާލައިފި

ޖެނިން ވަށާލީ ހުޅަނގު އައްސޭރިއަށް ހަމަލާދޭތާ 4 ދުވަސް ފަހުން

16 days ago - 20:48
Aug 31, 2024 - 20:49

ހިޞާރުކޮށްފައިވާ ހުޅަނގު އައްސޭރިއަށް އިޒްރާއިލްގެ ސިފައިން ހަމާލާދޭތާ ހަތަރު ދުވަސް ވެފައިވާއިރު ފައުޖުތައް މިހާރު ވަނީ ޖެނިން ވަށާލާފައި ކަމަށް ރިޕޯޓްތައް ބުނެފިއެވެ. މީގެސަބަބުން ޖެނިންގެ ރެފިއުޖީ ކޭމްޕްތަކުގައި ދިރިއުޅޭ އެތައްހާސް ރެފިއުޖީންނަށް އެހީގެ ތަކެތި ލިބެން އޮތް ދޮރުތައްވެސް ވަނީ ބަންދުވެފައެވެ.

އިޒްރާއިލްގެ އަސްކަރިއްޔާގެ ވެހިކަލްތަކާއެކު ހަތިޔާރުއެޅި އެތައް ސިފައިނެއް ސަރަޙައްދު ވަށާލާ ރެފިއުޖީ ކޭމްޕްތަކުގެ ކައިރިއަށް މަޑުމަޑުން ދަނީ ޖެހެމުންނެވެ. 

މިއާއެކު އެސަރަޙައްދާ ކައިރި ޖަބަރިޔަތު ސަރަޙައްދުގެ ގެތަކެއް އިޒްރާއިލް ސިފައިން ވަނީ ގޮއްވާލާފައެވެ. މިއީ ފާއިތުވި 20 އަހަރު ތެރޭގައި އިޒްރާއިލްއިން އެސަރަޙައްދުގައި ދިން އެންމެ ވަރުގަދަ ހަމަލާއެވެ.

ޖެނިން ގައި ހުރި އަލްޖަޒީރާގެ ރިޕޯޓަރު, ނޫރް އޮދެހް ރިޕޯރޓްކޮށްފައިވާ ގޮތުގައި ޖެނިން ވަނީ މިހާރު ފަޅު ސަހަރަކަށް ބަދަލުވެފައެވެ. ފިހާރަތަކާއި, މާރުކޭޓުތައް ބަންދުކޮށް މީހުންތިބީ ގެތަކަށް ވަދެއެވެ. ޖެނިންގެ މަގެއްމަތިން މިހާރު މީހަކު ނުވެސް ފެންނަ ކަމަށް ނޫރް ރިޕޯޓް ކޮށްފައިވެއެވެ. 

Advertisement

ޖެނިން އިން މުވާސަލާތީ ޚިދުމަތް ކަނޑާލާފައިވާއިރު ހަމަލާތަކުގައި ޒަހަމްވެފައިވާ މީހުންނަށް ފަރުވާ ދިނުމުގައި ހަރަކާތްތެރިވާ ޕެރަމެޑިކުންނަށް ޒަޙަމްވެފައިވާ މީހުންނާއި ހަމައަށް ވާޞިލްވުމުގައި ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ.

"މިތަނަށް ހަމަލާދޭތާ މިއީ ހަތަރުވަނަ ދުވަސް. ކޭމްޕްތަކުން ފެނާއި, ކާބޯތަކެތި އަދި ބޭސް ވަނީ ގާތްގަނޑަކަށް ހުސްވެފަ. މިތާނގައި ދިރިއުޅޭ މީހުންނާއި ރެފިއުޖީ ކޭމްޕްތަކުގައި ދިރިއުޅޭ މީހުންނަށްވެސް އެތަކެތި ލިބޭނެ މަގެއްނެތް. އެއީއަށް އެދޭނެގޮތެއްވެސް ނެތް" ނޫރް ރިޕޯޓްކޮށްފައި ވެއެވެ.

ޖެނިން ހިމެނޭ ސަރަޙައްދުގައި ފަލަސްތީނުގެ ހަނގުރާމަވެރިންނާއި އިޒްރާއިލްގެ ސިފައިން ބަޑީގެ ހަމަލާތައް ބަދަލުކޮށްފައިވާއިރު, ސޯޝަލް މީޑިއާއިން ފެންނަ ވީޑިއޯ ތަކުން ފެންނަގޮތުގައި އެސަރަޙައްދު ވަނީ ހަމަލާތަކުގައި ވަރަށް ބޮޑަށް ހަލާކުވެފައެވެ.

ޖެނިންގެ ހުޅަނގުގައިވާ ކަފްރް ޑާން ސިޓީއަށް އިޒްރާއިލްއިން ދިން ހަމަލާތަކާ ދެކޮޅަށް ހަމާސްއިން ބައިވެރިވެފައިވާކަމަށް ހަމާސްގެ ހަތިޔާރުއެޅި ގޮފިން ވަނީ ބުނެފައެވެ. އޭގެ ކުރިން އިޒްރާއިލްގެ ފައުޖުތަކުން ވަނީ ބުދަ ދުވަހުން ހަތިޔާރާއެކު ވެހިކަލްތަކުގަ އާއި ޑްރޯން އާއި ބުލްޑޯޒަރު ބޭނުންކޮށްގެން ޖެނިން, ތުލްކަރެމް އަދި ތުބަސް އަށް އެފަހަރާ ހަމަލާ ދީފައެވެ. 

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ ހުޅަނގު އައްސޭރީގައި އިޒްރާއިލްއިން ދޭންފެށި ހަމަލާތަކުގައި މިހާތަނަށް 20 މީހުން މަރާލާފައިވާ ކަމަށެވެ. އަދި އިތުރު 17 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. މަރާލާފައިވާ މީހުންގެ ތެރެއިން 10 މީހުންނަކީ ހަމާސްގެ ހަނގުރާމަވެރިން ކަމަށް ހަމާސްއިން ވަނީ ބުނެފައެވެ.

ޖެނިންގައި ދިރިއުޅޭ ފަރާތަކުން ބުނީ އިޒްރާއިލްގެ ހަމަލާތަކުގައި މަގުތަކާއި, ފެނުގެ ނިޒާމް އަދި ކަރަންޓުގެ ވިއުގަ ހަލާކުކޮށްލާފައި ވާއިރު މިއީ ރޭވިގެން އެސަރަޙައްދުގައި މީހުންނަށް ނޫޅޭވޭވަރުކޮށް, ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ގެދޮރުން ނެރެލަން ހިންގާ ޖަރީމާއެކެވެ. 

"އިޒްރާއިލް ގެ ޕްލޭނަކީ އެމީހުން ހިފާފައިވާ ބިންތަކާ އިންވެގެންހުރި ފަލަސްތީނުގެ ބިންތައް އަތުލާ އަހަރެމެން މިތަނުން ފައްސާލުން. މުޅި ހުޅަނގު އައްސޭރިންވެސް ފަލަސްތީނުގެ ނަސްލު ނެތިކޮށްލުން" ދޯހާ އިންސްޓިޓިއުޓްގައި ކިޔަވައިދެމުންދާ ޕްރޮފެސަރު މުޙައްމަދު އެލްމަޞްރީ އަލްޖަޒީރާ އާ ވާހަކަދައްކަމުން ބުނެފައިވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow