އައިޑީކާޑް ޚިދުމަތަށް ރަމަޟާން މަހު ދޫކުރާނީ ދުވާލަކު 150 ނަމްބަރު
ރޯދަމަހު އައިޑީކާޑު ދޫކުރާނީ ހެދުނު 9.15 އިން 11.00 އަށް / ފޮޓޯ: ދަ ޕްރެސް

އައިޑީކާޑް ޚިދުމަތަށް ރަމަޟާން މަހު ދޫކުރާނީ ދުވާލަކު 150 ނަމްބަރު

1 year ago - 13:03
Feb 24, 2025 - 13:04
Advertisement
Advertisement

އައިޑީކާޑް ޚިދުމަތަށް ރަމަޟާން މަހު ދޫކުރާނީ ދުވާލަކު 150 ނަމްބަރު ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) އިން ބުނެފިއެވެ.

ރަމަޟާން މަހު ޚިދުމަތް ދޭ ވަގުތު އެޑިޕާރޓްމަންޓުންވެސް ވަނީ މަދުކޮށްފައެވެ. ރަމަޟާންމަހު ޑީއެންއާރުގެ ޚިދުމަތް ދޭނީ ހެނދުނު 9:15-11:30 އަށެވެ. އެވަގުތުގެ ތެރޭގައި ދުވާލަކު 150 ނަންބަރު ދޫކުރާނެ ކަމަށް ޑީއެންއާރުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ރަމަޟާން މަހުގެ ފަހު ދިހައެއްގެ ދުވަސްތަކުގައި ސަރުކާރު ބަންދުވި ނަމަވެސް, އެ ދުވަސްތަކުގެ ތެރެއިން މާރިޗު 23، 25، އަދި 27 ވަނަ ދުވަހު ޑީއެންއާރުގެ ޚިދުމަތް ދޭން ވަނީ ނިންމާފައެވެ. އެދުވަސްތަކުގައިވެސް ޚިދުމަތް ދޭނީ ހެނދުނު 9:15 އިން 11:30 އަށެވެ. އަދި ޚިދުމަތަށް ދޫކުރާނީ ދުވާލަކު 150 ނަންބަރެވެ.

އައިޑީކާޑު ވެރިފަރާތް ނޫން އެހެން ފަރާތަކާ ކާޑް ހަވާލުކުރަން ބޭނުންވާނަމަ، އެކަމަށް އެދި ސިޓީއެއް ހުށަހަޅަންޖެހޭނެ ކަމަށާޢި، އިމަރޖެންސީ ހާލަތްތަކުގައި 7280368 ނަންބަރަށް ގުޅައިގެން ޚިދުމަތް ހޯދިދާނެ ކަމަށް ވެސް ޑީއެންއާރް އިން ކުރި އިއުލާނުގައި ބުނެފައި ވެއެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement