
މުސާރަތައް ކުޑަކުރެވެން ނެތްކަަމަށް ރައީސަށް ލަފާދޭން މަޖިލީހުން ފާސްކޮށްފި
ރައްޔިތުންގެ މަޖިލިސް މެންބަރުންނާއި ފަނޑިޔާރުން އަދި މިނިވަން މުއައްސަސާތަކުގެ ވެރިންގެ މުސާރަ މިވަގުތު ކުޑަކުރެވެން ނެތް ކަމަށް ރައީސުލްޖުމުހޫރިއްޔާޑރ. މުހައްމަދު މުއިއްޒަށް ލަފާދެއްވުމަށް ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފިއެވެ.
މިގޮތަށް ފާސްކުރީ 44 މެންބަރުންގެ ތާއީދާއެކުއެވެ. އެއްވެސް މެންބަރަކު މި ނިންމުމާ ދެކޮޅަކަށް ވޯޓެއް ނުދެއްވައެވެ.
ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ތެރެއިން މުސާރަތައް ކުޑަކުރަން ރައީސް އެދިވަޑައިގަތީ މިނިވަން މުއައްސަސާތަކުގެ އިސްވެރިން، ޝަރުއީ ދާއިރާގެ އިސްވެރިން އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައިގެ 10 އިންސައްތަ އެވެ. މީގެއިތުރުން ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ގެ ތެރެއިން މުސާރަ 15000 ވުރެ މަތިން ލިބިވަޑައިގަންނަވާ ބޭފުޅުންގެ މުސާރައިން %10 އުނިކުރައްވަން ރައީސް ވަނީ ނިންމަވާފައެވެ.
މި މައްސަލަާގައި މާލިއްޔަތު ކޮމިޓީން ނިންމާފައިވަނީ މުސާރަތައް ކުޑަކުރެވޭނީ ގުޅުންހުރި ޤާނޫނުތަކަށް ބަދަލު ގެނެސްގެން ކަމަށެވެ. އަދި އެއް ގިންތިއެއްގެ މަޤާމުތަކުގެ މުސާރައާއި އިނާޔަތްތައް އެއް ހަމައެއްގައި ހިފެހެއްޓުމަކީ ކޮމިޓީގެ ޒިންމާއެއް ކަމަށް ބުނެފައިވެއެވެ.
މުސާރަ ކުޑަކުރުމުގެ ބަދަލުގައި ކޮމިޓީން ހުށަހަޅާފައިވަނީ ބްރޯޑްކާސްޓިންގ ކޮމިޝަނާއި މީޑިއާ ކައުންސިލް ފަދަ މުއައްސަސާތައް އެއްކޮށްލައިގެން ޚަރަދު ކުޑަކުރުމަށެވެ.
ރިއެކްޝަންސް






