ގޯތިތަކުގެ އައު އެއްބަސްވުންތަކުގައި ސޮއިކުރާ ތަރުތީބުން، އިންވަކިކޮށް ހަވާލުކުރަނީ

ގޯތިތަކުގެ އައު އެއްބަސްވުންތަކުގައި ސޮއިކުރާ ތަރުތީބުން، އިންވަކިކޮށް ހަވާލުކުރަނީ

6 hours ago - 17:14
Advertisement
Advertisement

މާލެ ސަރަހައްދުން ދޫކޮށްފައިވާ ގޯތިތަކުގެ އައު އެގްރީމެންޓްތަކުގައި ސޮއިކުރަމުންދާ މިންވަރަކަށް، ޕްލޮޓްތަކުގެ އިން ވަކިކޮށް ހަވާލުކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން ބާރުސްޕީޑުގައި ކުރިއަށް އެބަގެންދަވައެވެ.


މިނިސްޓްރީން ހާމަކުރައްވާފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ހުޅުމާލެ ފޭސް 3 އާއި ގުޅިފަޅުން ގޯތި ހަވާލުކުރުމުގެ މަސައްކަތަށް ވަނީ ބޮޑެތި ކުރިއެރުންތަކެއް ލިބިފައެވެ.


އެގޮތުން، ހުޅުމާލެ ފޭސް 3 އިން ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް 451 ފަރާތަކުން ވަނީ އައު އެގްރީމެންޓްގައި ސޮއިކޮށްފައެވެ. މީގެ ތެރެއިން 125 ޕްލޮޓެއްގެ އިން ވަކިކޮށް، އެ ތަންތަން މިހާރު ވަނީ ވެރިފަރާތްތަކާ ހަވާލުކޮށްފައެވެ.


ގުޅިފަޅަށް ބަލާއިރު، އެ ތަނުން ގޯތި ލިބޭ ފަރާތްތަކުގެ ތެރެއިން 2،972 ފަރާތަކުން މިހާތަނަށް ވަނީ އައު އެގްރީމެންޓްގައި ސޮއިކޮށް ނިންމާފައެވެ. އަދި އެ ސަރަހައްދުން 169 ޕްލޮޓެއްގެ އިން ވަކިކޮށް، ގޯތީގެ ވެރިފަރާތްތަކާ މިހާރު ވަނީ ހަވާލުކުރެވިފައެވެ.


ސަރުކާރުން މަސައްކަތް ކުރަމުންދަނީ ގޯތިތަކުގެ އެގްރީމެންޓްގައި ސޮއިކޮށް ނިމޭ މިންވަރަކުން، ލަސްނުކޮށް ބިންތަކުގެ އިން ވަކިކޮށް ރައްޔިތުންނާ ގޯތިތައް ހަވާލުކުރުމަށެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް އަވަސްކުރުމަށް ކުރައްވަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށްދާ މުހިންމު މަސައްކަތެކެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement