އެޗްޑީސީގެ އާ އެމްޑީއަކަށް މައުރޫފް ޖަމީލް
މައުރަުފް ޖަމީލް

އެޗްޑީސީގެ އާ އެމްޑީއަކަށް މައުރޫފް ޖަމީލް

ހުޅުމާލެ ތަރައްޤީ ކުރެއްވުމުގެ މަސައްކަތްތަކުގައި އެންމެ އިސްކޮށް މަސައްކަތް ކުރެއްވި އެއްބޭފުޅަކީ މައުރޫފް ޖަމީލް.

1 year ago - 11:34
Dec 22, 2024 - 19:20
Advertisement
Advertisement

އެޗްޑީސީގެ އާ އެމްޑީއަކަށް ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރ މައުރޫފް ޖަމީލް އައްޔަން ކުރައްވައިފިއެވެ.

ޕްރައިވެނޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިއަދު ބުނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމުގެ މަޤާމަށް މ. ދޫރެސް އަލްފާޟިލް މުޙައްމަދު މަޢުރޫފް ޖަމީލު މިއަދު ވަނީ އައްޔަންކޮށްފައި ކަމަށެވެ. މައުރޫފް ޖަމީލަކީ ރައީސް މައުމޫންގެ ދައުރުގެ ފަހުކޮޅު ވަޒީރުކަން ކުރެއްވި ބޭފުޅެކެވެ.

ހުޅުމާލެ ތަރައްޤީ ކުރެއްވުމުގެ މަސައްކަތްތަކުގައި މައުރޫފް ޖަމީލް މަސައްކަތް ކުރެއްވިއެވެ.

އެޗްޑީސީގެ އެމްޑީގެ މަގާމް ހުސްވީ ވަޒީރު ފެންވަރުގައި އެމަގާމް ގައި ހުންނެވި އިބްރާހީމް ފަޒުލް ރަޝީދު އިސްތިއުފާ ދެއްވުމުންނެވެ. އިސްތިއުފާ ދެއްވީ އުސޫލުން ބޭރުން ބިންތަކެއް ދިން މައްސަލައިގެ ތަހުގީގަށް ސަސްޕެންޑް ކުރައްވާފައި ވަނިކޮށެވެ. ނަމަވެސް ޢާއްމުންގެ ތުހުމަތުތަކަށް އޭނާ އިންކާރު ކުރައްވައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement