ސެރީ އޭ ދޫކޮށް މޮރާޓާ ތުރުކީ ސުޕަރ ލީގަށް
މޮރާޓާ ގަލަތަސަރާއީގެ ޖޯޒީގައި. ކޮލަބުން ބޭނުންނަމަ އޭނާގެ އެއްބަސްވުން ދާއިމީ ކުރެވޭވއ

ސެރީ އޭ ދޫކޮށް މޮރާޓާ ތުރުކީ ސުޕަރ ލީގަށް

2 days ago - 15:34
Feb 3, 2025 - 15:35

އޭސީ މިލާންގެ ފޯވާޑް, ސްޕެއިންގެ އަލްވަރޯ މޮރާޓޯ ލޯން އެއްބަސްވުމެއްގެ ދަށުން ތުރުކީގެ ގަލަތަސަރާއީއަށް ބަދަލުވެއްޖެއެވެ. ތުރުކީ ސުޕަރ ލީގުގެ ކްލަބަށް މޮރާޓާ ބަދަލުވެފައިވަނީ 2026 ގެ ޖެނުއަރީގެ ނިޔަލަށް 6 މިލިއަން ޔޫރޯ (6.14 މިލިއަން ޑޮލަރު) ގެ ފީއަކަށެވެ.

މޮރާޓާ ވީއްލުމާ ގުޅޭގޮތުން މިލާން އިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ޑީލްގެ ދަށުން އެއްބަސްވުން ދާއިމީ ކުރުމުގެ ފުރުޞަތުވެސް ގަލަތަސަރާއީއަށް އޮތްކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން 2024-2025 ގެ ސީޒަންގެ ދެވަނަބައި ގައި މޮރާޓާއަށް 3 މިލިއަން ޔޫރޯގެ މުސާރަ އެއް ކަށަވަރުވާނެއެވެ. އަދި 2025-2026 ގެ ފުރަތަމަ ހާފުގައި ވެސް 3 މިލިއަން ޔޫރޯ އާއެކު ޖުމްލަ 6 މިލިއަން ޔޫރޯ ލިބޭނެކަމަށް ގަލަތަސަރާއީން ބުނެފައި ވެއެވެ.

32 އަހަރުގެ ސްޕެއިންގެ ޤައުމީ ޓީމުގެ ކެޕްޓަން މޮރާޓާ އެތްލެޓިކޯ މެޑްރިޑްއިން އޭސީ މިލާނަށް ބަދަލުވީ ފާއިތުވި ހޫނު މޫސުމުގައި ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުން 13 މިލިއަން ޔޫރޯއަށެވެ. ނަމަވެސް އޭނާ ކްލަބާ ގުޅުނުތާ ހަމަސް ފަހުން މިލާންގެ އެޑްވައިޒަރ ޒްލަޓާން އިބްރަހިމޮވިޗް ވަނީ މޮރާޓާ ކްލަބް ދޫކޮށްލާނެކަން އިއުލާން ކޮށްފައެވެ.

Advertisement
Advertisement

"އަލްވާރޯ އަކީ ވަރަށް ރަނގަޅު ކުޅުންތެރިއެއް. އަހަރެން އެނާގެ ކުރިމަގަށް ކާމިޔާބީއަށް އެދެން. އޭނާއަށް ކާމިޔާބީ ހައްޤު. ނަމަވެސް ތަފާތު ސަބަބުތަކާހުރެ އެކި ހާލަތްތަކުގައި އެންމެ ބޭނުންވާ ގޮތަށް ކަން ނުވެދާނެ. ފުޓްބޯޅައިގައި އެކަހަލަ ކަންކަން ހިނގާނެ" ސްކައި އިޓާލިއާއަށް އާދިއްތަ ދުވަހު ޒްލަޓާން ބުނެފައި ވެއެވެ.

ގަލަތަސަރާއީން މޮރާޓާގެ އެއްބަސްވުން ދާއިމީ ނުކުރާނަމަ ޖޫން 30, 2026 ގެ ނިޔަލަށް ލޯނުގެ މުއްދަތު އިތުރު 3 މިލިއަން ޔުރޯއާއެކު އިތުރު ކުރުމުގެ ފުރުޞަތުވެސް އެ ކްލަބަށް އެއްބަސްވުމުގެ ދަށުން އޮންނާނެއެވެ.

މޮރާޓާ އޭނާގެ ފުޓްބޯޅަ ކެރިއަރު ފެށީ ރެއާލް މެޑްރިޑުންނެވެ. ރެއާލް އާއެކު ޗެމްޕިއަންސް ލީގާއި, ލަލީގާ އަދި ދެފަހަރު ކޮޕާ ޑެލް ރޭ ކާމިޔާބު ކުރުމަށްފަހު ޔުވެންޓަސް އަށް މޮރާޓާ ބަދަލުވީ 2014ގައެވެ. ޔުވެންޓަސް އާއެކު ދެ ފަހަރު ސެރީ އޭ ކާމިޔާބުކުރުމަށްފަހު ޗެލްސީއަށްވެސް ކުޑަ ދުވަސްކޮޅަކު މޮރާޓާ ކުޅުނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow