ޑިވެލޮޕްމަންޓް ބޭންކް ހިންގުމުގެ ލައިސަންސް ދީފި
ޑިވެލޮޕްމަންޓް ބޭންކް އުފެއްދުމުގެ ލައިސަންސް ހަވާލުކުރަނީ: ފޮޓޯ-އިކޮނޮމިކް މިނިސްޓްރީ

ޑިވެލޮޕްމަންޓް ބޭންކް ހިންގުމުގެ ލައިސަންސް ދީފި

5 days ago - 19:15
Oct 13, 2024 - 19:16
Advertisement

ޑިވެލޮޕްމަންޓް ބޭންކް ހިންގުމުގެ ލައިސަންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ދީފި އެވެ.

މިއީ ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކެވެ. ޑިވެލޮޕްމަންޓް ބޭންކް ހިންގުމުގެ ހުއްދަ ދިނުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ފާހަގަކުރެއްވީ ތާރީޚީ މުހިއްމު ނިންމުމެއްގެ ގޮތުގައެވެ. ޑިވެލޮޕްމަންޓް ބޭންކްގެ ލައިސަންސާ ހަވާލުވެވަޑައިގަތީވެސް މިނިސްޓަރ ސައީދުއެވެ. ލައިސަންސް ހަވާލުކޮށްދެއްވީ ދާދިފަހުން މަގާމާ ހަވާލުވެވަޑައިގެންނެވި އާ ގަވަރުނަރު އަހުމަދު މުނައްވަރެވެ.

ތެރޭގައި ފަށަން ޖެހޭ ބޭންކްގެ ޚިދުމަތާއެކު އިގްތިޞާދީ އަދި މާލީ ކުރިއެރުމަށް ބޭނުންވާ ދިގުމުއްދަތުގެ ފައިނޭންސިންގެ ޚިދުމަތް ތަޢާރަފްވާނެއެވެ. ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑަކީ އަކީ ސައްތައިން ސައްތަ ދިވެހި ސަރުކާރުގެ ހިއްސާ އޮންނަ ބޭންކެކެވެ. އެކުންފުނި ރައީސުލްޖުމްހޫރިއްޔާ އުފެއްދެވީ މިއަހަރުގެ މެއި މަހު އެވެ.

ޑިވެލޮޕްމަންޓް ބޭންކްގެ ވާހަކަ ރައީސުލްޖުމްހޫރިއްޔާ ވަނީ އެކި ޕްލެޓްފޯމްތަކުގައި ތަކުރާރުކޮށް ދައްކަވާފައެވެ. އެބޭންކާއެކު ބޮޑަތި މަޝްރޫއުތައް ހިންގުމަށް ބޭނުންވާ ފައިނޭންސިންގފަހިކޮށްދޭނެއެވެ. އިގްތިސާދީ އަދި އިޖުތިމާއީ ތަރައްޤިއަށް ބޭނުންވާ ފައިސާ ހޯދުމަކީވެސް ބޭންކްގެ އަމާޒެކެވެ. އަދި އުމްރާނީ ތަރައްޤީއަށް ބޭނުންވާ ފައިސާވެސް ޑިވެލޮޕްމަންޓް ބޭންކް މެދުވެރިކޮށް ހޯދާނެއެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement