ދެކުނު ފަރާތު ވިޔަފާރި ބަނދަރު ތަރައްގީކުރަން ހާބަރު ފުޑްކޯޓުތައް ހުސްކުރަން ވިޔަފާރިވެރިންނަށް އަންގައިފި

ދެކުނު ފަރާތު ވިޔަފާރި ބަނދަރު ތަރައްގީކުރަން ހާބަރު ފުޑްކޯޓުތައް ހުސްކުރަން ވިޔަފާރިވެރިންނަށް އަންގައިފި

1 hour ago - 09:19
Advertisement
Advertisement

މާލޭ ހުޅަނގު ދެކުނު ހާބަރު ސަރަހައްދުގައި ހިންގަމުންދާ ފުޑްކޯޓު ޔުނިޓުތައް ހުސްކުރުމަށް އެ ތަންތަން ހިންގަމުންދާ ވިޔަފާރިވެރިންނަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އަންގައިފިއެވެ.


އެސްޓީއޯގެ ބެލުމުގެ ދަށުން ހިންގަމުން އަންނަ މި ފުޑްކޯޓުތައް ހުސްކުރަން އަންގާފައިވަނީ މާލޭގެ ހުޅަނގުދެކުނު ހާބަރު ސަރަހައްދު އިތުރަށް ތަރައްގީކުރުމަށް ސަރުކާރުން ހިންގުމަށް ހަމަޖެހިފައިވާ ބޮޑު މަޝްރޫއަށް ޖާގަ ދިނުމުގެ ގޮތުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މިކަމަށްޓަކައި ވިޔަފާރިވެރިންނަށް މިހާރު ވަނީ 90 ދުވަހުގެ ނޯޓިހެއް ދީފައެވެ.


މީގެ އިތުރުން، އެ ތަންތަން ކުއްޔަށް ހިފާފައިވާ ފަރާތްތަކުން ކުއްޔާއި މަރާމާތު ފީގެ ގޮތުގައި އެއްވެސް ފައިސާއެއް ދައްކަން އޮތްނަމަ، އެ ފައިސާގެ ތަފުސީލާއި ފައިސާ ދައްކައި ހަލާސްކުރަންޖެހޭ ތާވަލު، މި ދެވިފައިވާ 90 ދުވަހުގެ ނޯޓިސް ހަމަވުމުގެ ކުރިން އެ ފަރާތްތަކާ ހިއްސާކުރާނެ ކަމަށްވެސް އެނގިފައިވެއެވެ.


ގާތްގަނޑަކަށް 30،000 އަކަފޫޓުގެ ބޮޑު ސަރަހައްދެއްގައި 26 ފުޑްކޯޓް ޔުނިޓް ހިމެނޭ ގޮތަށް އެ ސަރަހައްދު ތަރައްގީކޮށްފައިވަނީ 32 މިލިއަން ރުފިޔާގެ ބޮޑު ހޭދައެއް ކޮށްގެންނެވެ. އަދި އެ ތަންތަން ވިޔަފާރިވެރިންނަށް ކުއްޔަށް ދޫކޮށްފައިވަނީ 2018 ވަނަ އަހަރުގެ ތެރޭގައެވެ.


ހާބަރު ފުޑްކޯޓު ސަރަހައްދު އަލުން ތަރައްގީކުރުމުގެ މަޝްރޫއަކީ މާލޭގެ ވިޔަފާރި ބަނދަރާއި ހާބަރު ސަރަހައްދުގެ އުމްރާނީ ތަރައްގީއަށް މުހިންމު އަދި ފާހަގަކޮށްލެވޭ ބޮޑެތި ބަދަލުތަކެއް ގެނައުމަށް ރޭވިގެން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement