
އ.ދ. ގެ ސަލާމަތީ މަޖިލީހުގައި ކުދި ޖަޒީރާ ޤައުމުތަކަށް ގޮނޑިއެއް ހޯދުމަށް ދިވެހިރާއްޖެއިން ގޮވާލައިފި
އ.ދ. ގެ ސަލާމަތީ މަޖިލީހުގައި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ނޮން-ޕާމަނަންޓް ރޮޓޭޓިންގ ސީޓެއް ހަމަޖެއްސުމަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ގޮވާލައްވާފައެވެ.
ވަޒީރުގެ ވާހަކައިގައިގައި، ބައިނަލްއަޤްވާމީ ނިޒާމު އިސްލާހުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ގޮވާލެއްވުން ތަކުރާރުކުރެއްވިއެވެ. އަދި ބައިނަލްއަޤްވާމީ ނިންމުންތަކުގައި ތަރައްޤީވަމުން އަންނަ ޤައުމުތަކަށް އިސް ދައުރެއް ދިނުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި:
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް
ގާނޫނާ ޚިލާފަށް ކަނޑުމަތީގައި ހިންގާ އަމަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް
ސައުތު-ސައުތު ކޯޕަރޭޝަން އިތުރަށް ވަރުގަދަކުރުމުގެ މުހިންމުކަން
މި ކޮންފަރެންސްގައި ދިވެހިރާއްޖޭގެ އިތުރުން ނޭޕާލް، ސީޝެލްސް، ބްރުނައި އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އިސް ވަފުދުތައް ބައިވެރިވިއެވެ.
ރިއެކްޝަންސް






