
ރަސްފަންނު ބީޗް ކިސަޑުވެފައިވާތީ މަރާމާތުކުރުމަށް ވަގުތީގޮތުން ބަންދުކުރަނީ
ރަސްފަންނު މަރާމާތުކުރުމުގެ މަސައްކަތް ފެށުމަށް ވަނީ ތައްޔާރުވެފައި
މާލޭ ރަސްފަންނުގެ މޫދަށް އެރޭ ސަރަހައްދުގައި ކިސަޑު ޖަމާވެފައިވާތީ، އެ ސަރަހައްދު މަރާމާތުކުރުމަށް ވަގުތީގޮތުން ބަންދުކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
ރަސްފަންނު ބީޗުގެ 500 އަކަ މީޓަރުގެ ސަރަހައްދެއްގައި އެއް ފޫޓުގެ ފުންމިނަށް ކިސަޑު ވަނީ ޖަމާވެފައެވެ. އެސަރަހައްދު މަރާމާތުކުރުމުގެ މަސައްކަތް ފަށަނީ މާދަމާ ހެނދުނު 9:00 އެވެ. މަސައްކަތުގެ ތެރޭގައި ކިސަޑު ނެގުމާއި ބީޗަށް އަލުން ވެލި އެޅުން ހިމެނޭކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
މަރާމާތުގެ މަސައްކަތް ކުރިއަށްދާ މުއްދަތުގައި އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެސަރަހައްދު ވަގުތީގޮތުން ބަންދުކުރެވޭނެ ކަމަށް ސިޓީ ކައުންސިލުން ވަނީ އާއްމުކޮށް އިއުލާނުކޮށްފައެވެ.
ރިއެކްޝަންސް






