މިހާރު ތިބި ބިދޭސީން މެޑިކަލް ހަދާ ނިންމަން 6 މަސްދުވަހުގެ މުއްދަތެއް

މިހާރު ތިބި ބިދޭސީން މެޑިކަލް ހަދާ ނިންމަން 6 މަސްދުވަހުގެ މުއްދަތެއް

ރާއްޖޭގައި މިހާރު ތިބި ހުރިހާ ބިދޭސީން ކުރިއަށް އޮތް ހަމަސްދުވަހުގެ ތެރޭގައި މެޑިކަލް ހަދާ ނިންމުމަށް ކަނޑައަޅުއްވާފި

8 months ago - 18:50
Advertisement

ރާއްޖޭގައި މިހާރު ތިބި ހުރިހާ ބިދޭސީން ކުރިއަށް އޮތް ހަމަސްދުވަހުގެ ތެރޭގައި މެޑިކަލް ހަދާ ނިންމުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އެގޮތަށް ނިންމެވީ މިނިސްޓްރީ އޮފް ހެލްތް އިން އިއްޔެ ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވި ކަރުދާހަށް އެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

މި ނިންމެވުމާއި ގުޅިގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީން، އަދި ރާއްޖެއަށް ދިގު މުއްދަތަކަށް އަންނަ ހުރިހާ ބިދޭސީން، ޙާއްޞަކޮށް 'އެންޑެމިކް' ޤައުމުތަކުން އަންނަ މީހުން، ރާއްޖެ އައުމުގެ ކުރިންނާއި ރާއްޖޭގައި ތިބޭއިރު ޤަވާއިދުން، އޮންނަ އުޞޫލެއްގެ މަތިން 'އޮން-އެރައިވަލް' އަދި އަހަރަކު އެއްފަހަރު މެޑިކަލް ޗެކަޕް ހެދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމުގައި ކަނަޑއަޅުއްވާފައިވެއެވެ.

މީގެ އިތުރުންވެސް، ރާއްޖެ އައުމަށްފަހު ހަދަންޖެހޭ މެޑިކަލް ހެދުމަށް ދީފައިވާ މުއްދަތު، 30 ދުވަހުން 15 ދުވަހަށް ކުރުކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ނިންމެވިއެވެ . ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމާއި ގުޅިގެން ރާއްޖޭގައި ނައްތާލެވިފައިވާ އަދި ކޮންޓްރޯލް ކުރެވިފައިވާ ބަލިތައް އަލުން ރާއްޖޭގައި އިއާދަވުމުން ދުރުކޮށްދޭނެއެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement