ޑްރަގް އޮޕަރޭޝަންތަކުގައި ލަންކާގައި 7 ދުވަހުން 15 ހާސް މީހުން ހައްޔަރު

ޑްރަގް އޮޕަރޭޝަންތަކުގައި ލަންކާގައި 7 ދުވަހުން 15 ހާސް މީހުން ހައްޔަރު

މަސްތުވާތަކެތި ހޯދުމަށް ހިންގި އޮޕަރޭޝަންތަކުގައި ހަފުތާއެއްގެ ތެރޭ 15 ހާސް މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ލަންކާ ފުލުހުން ހާމަކޮށްފި.

7 months ago - 23:29

މަސްތުވާތަކެތި ހޯދުމަށް ހިންގި އޮޕަރޭޝަންތަކުގައި ހަފުތާއެއްގެ ތެރޭ 15 ހާސް މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ލަންކާ ފުލުހުން ހާމަކޮށްފިއެވެ.

ޔުކްތިޔާގެ ނަމުގައި ލަންކާ ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ހަފްތާއެއްގެ ތެރޭގައި 440 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ލަންކާގެ ފުލުހުން ވަނީ ހާމަ ކުރައްވާފައެވެ.

ލަންކާ ސިފައިންގެ އެހީތެރިކަމާއެކު ފުލުހުން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި އަތުލައިގެންފައިވާ މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ 272 ކިލޯގެ ކެނަބިސްއާއި 35 ކިލޯގެ ހަޝިޝްގެ އިތުރުން 9 ކިލޯގެ ހެރޮއިން ކަމަށް ލަންކާ ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ މަސްތުވާތަކެތި ބޭނުންކުރާ، ގާތްގަނޑަކަށް 1100 އެއްހާ ހައްޔަރުކޮށް އަސްކަރިއްޔާގެ ބެލުމުގެ ދަށުން ހިންގަމުން އަންނަ ރިހެބިލިޓޭޝަން މަރުކަޒަށް ފޮނުވާލާފައިވާ ކަމަށެވެ.

ލަންކާގެ ވެރިރަށް ކޮލަމްބޯއާއި އެހެން ބައެއް ސިޓީތަކުގައިވެސް ހަތިޔާރާއެކު އަސްކަރިއްޔާ އާއި ފުލުހުން މަސްތުވާތަކެތި ހޯދުމުގެ އޮޕަރޭޝަންތައް ކުރިއަށް ގެންގޮސްފައިވާ މަންޒަރު ނޫސްވެރިންނަވެސް ވަނީ ފެނިފައެވެ.

ފުލުހުން ވިދާޅުވީ ޑްރަގް އޮޕަރޭޝަންތައް ކްރިސްމަސްއާ ދިމާކޮށް މަޑުޖައްސާލަން ނިންމާފައިވާ ކަމަށާއި އަންގާރަދުވަހުގެ ފަހުން އަނެއްކާވެސް އޮޕަރޭޝަން ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ލަންކާގެ ނޫސްތައް ބުނާގޮތުން މިހާތަނަށް އެގައުމުގެ ފުލުހުން އެންމެ ބޮޑު އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައިވަނީ 2016 ވަނަ އަހަރުގެ ޑިސެންބަރު މަހުއެވެ. އެއީ 800 ކިލޯގެ ކޮކެއިންއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow