އޮސްޓްރޭލިއާ މާކެޓްގައި ރާއްޖެ އިޝްތިހާރުކުރުމަށް "ވިޒިޓް މޯލްޑިވްސް ވީކް" ރޯޑްޝޯ ފަށައިފި

އޮސްޓްރޭލިއާ މާކެޓްގައި ރާއްޖެ އިޝްތިހާރުކުރުމަށް "ވިޒިޓް މޯލްޑިވްސް ވީކް" ރޯޑްޝޯ ފަށައިފި

7 hours ago - 10:31
Advertisement
Advertisement

އޮސްޓްރޭލިއާގެ މާކެޓްގައި ދިވެހިރާއްޖޭގެ މަގުބޫލުކަން އިތުރުކޮށް، އެ ގައުމުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމުގެ މަގްސަދުގައި "ވިޒިޓް މޯލްޑިވްސް ވީކް އިން އޮސްޓްރޭލިއާ" ރޯޑްޝޯ މިއަދު ރަސްމީކޮށް ފަށައިފިއެވެ.

ތިން ސިޓީއަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ރޯޑްޝޯގެ ފުރަތަމަ ހަރަކާތް ބްރިސްބޭންގައި ފަށާފައިވާއިރު، ދެން ބޭއްވުމަަށް ހަމަޖެހިފައިވަނީ، މެލްބަންގައި އަދި ބުރާސްފަތި ދުވަހު ސިޑްނީގައި މި ހަރަކާތް ކުރިއަށްދާނެއެވެ.

މި ހަރަކާތުގެ މައިގަނޑު ބޭނުމަކީ ރާއްޖެއާއި އޮސްޓްރޭލިއާގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، އޮސްޓްރޭލިއާގެ ފަތުރުވެރިން އެންމެ އިސްކަންދޭ މަންޒިލަކަށް ރާއްޖެ ހެދުންކަމަށް ވިޒިޓް މޯލްޑިވްސް އިން މައުލޫމާތުދެއެވެ. "ވިޒިޓް މޯލްޑިވްސް ވިކް" ގެ ކޮންސެޕްޓުގެ ދަށުން ކުރިއަށްގެންދާ މި ރޯޑްޝޯއަކީ، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ޕްރޮފެޝަނަލުންނާއި، މީޑިއާ އިންފްލުއެންސަރުން އަދި މި ދާއިރާގެ މުހިންމު ފަރާތްތަކަށް ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ފަހުގެ މައުލޫމާތާއި، އައު އުފެއްދުންތަކާއި، ތަޖުރިބާތައް ހިއްސާކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

މިއީ ރާއްޖޭގެ ފަތުރުވެރިކަން ބައިނަލްއަގުވާމީ މާކެޓުގައި ދެމެހެއްޓެނިވި ގޮތެއްގައި އިޝްތިހާރުކުރުމަށް "ވިޒިޓް މޯލްޑިވްސް" އިން ގެންގުޅޭ ސްޓްރެޓެޖީގެ ދަށުން ކުރިއަށްގެންދާ ހަރަކާތެއްކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ. މި އަހަރުގެ ރޯޑްޝޯ ހާއްސަވާ އަނެއް ސަބަބަކީ، މެއި 2026ގައި ގައުމީ އެއަރލައިން "މޯލްޑިވިއަން" އިން މާލެއާއި މެލްބަންއާ ދެމެދު ސީދާ ދަތުރުތައް ފެށުމެވެ. މި ދަތުރުތަކުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮންނަ ވައިގެ ދަތުރުފަތުރުގެ ގުޅުން ބަދަހިވެ، އޮސްޓްރޭލިއާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވުމަށް އައު ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement