ސިނަމާލެ އާއި މާލެހިޔާގެ ފްލެޓްތަކުގެ ވެރިންނަށް 100،000 ރުފިޔާގެ މާލީ އެހީ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި
މާލޭގެ ގަލޮޅު އަވަށުގައި ހުންނަ ސިނަމާލެ އަދި މާލެހިޔާ ފްލެޓްތަކުގައި ދިރިއުޅޭ އާއިލާތަކާ ރައީސް ބައްދަލުކުރެއްވުން

ސިނަމާލެ އާއި މާލެހިޔާގެ ފްލެޓްތަކުގެ ވެރިންނަށް 100،000 ރުފިޔާގެ މާލީ އެހީ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި

17 hours ago - 10:06
Advertisement
Advertisement

ސިނަމާލެ އަދި މާލޭހިޔާގެ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ކުރިމަތިވެފައިވާ ކުލި ނުދެއްކުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން، އެ ފަރާތްތަކަށް ހާއްސަ އިނާޔަތެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ. 


ރައީސުލްޖުމްހޫރިއްޔާ މި ގޮތަށް ނިންމެވީ ސިނަމާލެ އަދި މާލޭހިޔާގެ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކާ ބައްދަލުކުރައްވައި، އެ ފަރާތްތަކުގެ ކަންބޮޑުވުންތައް އޮޅުންފިލުއްވުމަށްފަހުއެވެ. 


މި ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން ސިނަމާލެ 1، 2، 3 އަދި 4 ގެ އިތުރުން މާލޭހިޔާ 1 އަދި 2 ގެ ފްލެޓްތަކުގެ ވެރިފަރާތްތަކަށް ސަރުކާރުން ދެއްވުމަށް ނިންމެވި އިނާޔަތުގެ ތަފްސީލުތައް މިހާރު ވަނީ ހާމަކުރައްވާފައެވެ. އެގޮތުން ނިންމަވާފައިވާ މުހިންމު ކަންތައްތަކުގެ ތެރޭގައި، ފްލެޓަށް ދައްކަންޖެހޭ ޖުމުލަ ފައިސާގެ ތެރެއިން ނުދެއްކި ހުރި އަދަދު 100,000 (އެއްލައްކަ) ރުފިޔާއަށްވުރެ ގިނަވާ ފަރާތްތަކަށް، އެ އަދަދުގެ ތެރެއިން އެއްލައްކަ ރުފިޔާ އުނިކޮށްދިނުން.ހިމެނެއެވެ.

އަދި ފްލެޓަށް ދައްކަންޖެހޭ ޖުމުލަ އަދަދު 100,000 ރުފިޔާއަށްވުރެ ކުޑަ ފަރާތްތަކަށް، އެ މިންވަރެއް އެއްކޮށް މައާފުކޮށްދިނުމަށްފަހު، އެއްލައްކަ ރުފިޔާއިން ބާކީވާ ބައި އެ ފަރާތެއްގެ އެކައުންޓަށް ޖަމާކޮށްދިނުން. ހިމެނުމުގެ އިތުރުން، ފްލެޓް މިލްކުކުރުމަށްޓަކައި ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދައްކާ ނިންމާފައިވާ ފަރާތްތަކަށް، އިނާޔަތުގެ ގޮތުގައި ކަނޑައެޅި 100,000 ރުފިޔާ އެއްކޮށް އެ ފަރާތެއްގެ އެކައުންޓަށް ޖަމާކޮށްދިނުންވެސް ހިމެނެއެވެ. 

Advertisement
Advertisement

ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމަކީ ގިނަ ދުވަސްތަކެއް ވަންދެން މި ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ކުރިމަތިވެފައިވާ މާލީ ބުރައަށް ލުޔެއް ހޯއްދަވައިދެއްވުމަށް އެޅުއްވި މުހިންމު ފިޔަވަޅެކެވެ.  މީގެ ސަބަބުން ގިނަ އާއިލާތަކަކަށް ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.      

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement