މޯލްޑިވިއަންގެ ޑާކާ ދަތުރުތައް ކެންސަލް ކޮށްފި
މިއަދު މޯލްޑިވިއަންގެ ދަތުރުތައް ޑާކާއަށް ނުކުރާނެ

މޯލްޑިވިއަންގެ ޑާކާ ދަތުރުތައް ކެންސަލް ކޮށްފި

1 month ago - 10:29
Advertisement

ބަނގްލަދޭޝްގެ މިހާރުގެ ހާލަތުގެ ސަބަބުން މޯލްޑިވިއަން އިން ބަނގްލަދޭޝްގެ ވެރިރަށް ޑާކާއަށް ކުރާ ދަތުރުތައް ކެންސަލް ކޮށްފިއެވެ.

މިއަދު މޯލްޑިވިއަނުން ބުނީ މިއަދުން ފެށިގެން ގައުމީ އެއަލައިންގެ ޑާކާ ދަތުރުތައް މެދުކަނޑާލާފައިވާ ކަމަށެވެ. އަދި ބަނގްލަދޭޝްގެ ހާލަތު ގާތުން ބަލަމުންދާ ކަމަށް ބުންޏެވެ. މޯލްޑިވިއަނުން ބުނީ އެންމެ މުހިއްމީ ދަތުރުވެރިންނާއި, ކްރޫންގެ ސަލާމަތާއި ރައްކާތެރިކަން ކަމަށެވެ. ދަތުރުތައް އަލުން ފަށާނީ ބަނގްލަދޭޝްގެ ހާލަތު ރަނގަޅު ވުމުންނެވެ. ބަނގްލަދޭޝްގައި ދިވެހި 91 ދަރިވަރުން ކިޔަވަމުން ދެއެވެ. އަދި 119 ދިވެހިން އެގައުމުގައި ތިބި ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ބަނގްލަދޭޝްގެ ސަރުކާރާ ދެކޮޅަށް އެގައުމުގެ ކިޔަވާ ދަރިވަރުން އިސްވެ ފެށި މުޒާހަރާތައް ކޮންޓްރޯލް ނުވެ އިއްޔެ ބޮޑުވަޒީރު ޝެއިހު ހަސީނާ ވަނީ އިސްތިއުފާ ދެއްވާ ގައުމުން ވަޑައިގެންފައެވެ. އަދި ބަނގްލަދޭޘްގެ އަސްކަރިއްޔާއިން ދަނީ ވަގުތީ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ. މުޒާހަރާތަކުގައި 300 އަށްވުރެ ގިނަ މީހުން މަރުވިއެވެ. ފަހު 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް 100 އަށްވުރެ ގިނަ މީހުން މަރުވިއެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement