
ދެބެންގެ މެދުގައި ހިނގި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދިން މީހާ ހައްޔަރުކޮށްފި
ރ.މަޑުއްވަރީގައި ދެބެންގެ މެދުގައި ހިނގި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދިން މީހާ ހައްޔަރުކޮށްފި އެވެ. ހާދިސާ ހިނގިތާ އެތައް ގަޑިއިރެއް ފަހުން ފުލުހުން މީޑިޔާއަށް ބުނީ ރ.މަޑުއްވަރީގައި ދެމީހެއްގެ ދެމެދުގައި ހިނގި މަރާމާރީއެއްގެ މައްސަލަ ރޭ 11:28 ހާއިރު ފުލުހުންނަށް ރިޕޯރޓްކޮށްފައިވާ ކަމަށެވެ. އެއީ ދެބެން ކަމެއްވެސް ފުލުހުން ނުބުނެއެވެ. އެކަމަކު އެއީ ދެބެންކަން މަޑުއްވަރިން ކަށަވަރުކޮށްދިނެވެ.
ފުލުހުން ވިދާޅުވީ އަނިޔާވި މީހާއަށް މަޑުއްވަރި ޞިއްޙީ މަރުކަޒުގައި ފަރުވާދީފައިވާ ކަމަށެވެ. އަދި މައްސަލައިގެ ތުހުމަތަށް 35 އަހަރުގެ ދިވެހި ފިރިހެނަކު ރޭ ހައްޔަރު ކުރި ކަމަށް ފުލުހުން ވިދާޅުވިއެވެ. އެމީހާގެ ވަނަވަރެއްވެސް ފުލުހުން ނުބުނެއެވެ. އެކަމަކު އެމީހާއަކީ މީގެކުރިންވެސް މާރީމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީގެން ހައްޔަރުކުރި މީހެއްކަން ކަށަވަރުކުރެވިފައި ވެއެވެ. އަދި މިފަހަރު އޭނާ ހައްޔަރުކުރީ ބޭބެއަށް ހަމަލާ ދީގެންނެވެ.
ފުލުހުން ވިދާޅުވީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ރިއެކްޝަންސް






