ފިޠުރު ޢީދު ފާހަގަކުރުމުގައި ބައިވެރިވި ފަރާތްތަކަށް ރައީސް ޝުކުރު އަދާކުރައްވައިފި
ރައީސުލްޖުމުހޫރިއްޔާގެ ދެކަނބަލުން އީދުގެ ހަރަކާތްތަކުގައި އަމަލީގޮތުން ބައިވެރިވެ ވަޑައިގެންނެވި / ފޮޓޯ: ރައީސް އޮފީސް

ފިޠުރު ޢީދު ފާހަގަކުރުމުގައި ބައިވެރިވި ފަރާތްތަކަށް ރައީސް ޝުކުރު އަދާކުރައްވައިފި

1 day ago - 13:28
Apr 1, 2025 - 13:47
Advertisement
Advertisement

ފިޠުރު ޢީދުގެ މުނާސަބަތު ކުލަގަދަކޮށް ފާހަގަކުރުމުގެ އިންތިޒާމު ކުރެއްވުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝުކުރު އަދާކުރައްވައިފިއެވެ.

އެމަނިކުފާނު އެފަރާތްތަކުގެ ބުރަ މަސައްކަތުގެ އަގުވަޒަންކުރައްވައި ޝުކުރުއަދާކުރެއްވީ މިއަދު ހެނދުނު އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސްގެ ޕޯސްޓުގައި، މި ޙަރަކާތްތައް އިންތިޒާމުކުރުމުގައި ބައިވެރިވި މިނިސްޓްރީތަކާއި މުއައްސަސާތަކާއި ކުންފުނިތަކުގެ ނަންތައް ފާހަގަކުރައްވައި، އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައިވެއެވެ. މީގެ ތެރޭގައި އިސްލާމިކް މިނިސްޓްރީއާއި، ޕޮލިސް އަދި ޑިފެންސް ފޯސްގެ އިތުރުން ސަރުކާރުގެ ގިނަ ކުންފުނިތައް ހިމެނެއެވެ.

ގިނަބަޔަކު ފާހަގަކުރި ގޮތުގައި މިއީ މި ފަހުގެ ތާރީޚެއްގައި މާލޭގައި ފިޠުރު ޢީދު މިހާ ކުލަގަދަކޮށް ފާހަގަކުރި ފުރަތަމަ ފަހަރެވެ.

Advertisement
Advertisement

ސެންޓްރަލް ޕާކުގައި ބޭއްވި ގުޑަކުދީންގެ ހަވީރަކީ މިހާތަނަށް ޢީދަކާ ގުޅިގެން ބޭއްވި އެންމެ ފުރިހަމަ ކުޑަކުދީންގެ ހަވީރެވެ. މި ހަރަކާތަށް ލިބުނު ތަރުހީބާ ގުޅިގެން، ޢީދުގެ ތިން ދުވަހު އެ ހަރަކާތް ކުރިއަށް ގެންދިއުމަށް ނިންމާފައިވެއެވެ. އެގޮތުން މިއަދަކީ އީދު ހަވީރުގެ އެންމެ ފަހުދުވަހެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement