އަތޮޅުތެރޭގައި އިޙްޔާ ފޯރަމް މިރޭ ފަށާނެ،، ފުރަތަމަ ފޯރަމް ގދ. ގައްދޫގައި
އިހްޔާ ފޯރަމްތަކަށް ރައްޔިތުންގެ ބޮޑު ތަރުހީބެއް ލިބިގެންދޭ / ފޮޓޯ: އިސްލާމިކް މިސްޓްރީ

އަތޮޅުތެރޭގައި އިޙްޔާ ފޯރަމް މިރޭ ފަށާނެ،، ފުރަތަމަ ފޯރަމް ގދ. ގައްދޫގައި

6 days ago - 12:00
Mar 4, 2025 - 12:28
Advertisement
Advertisement

ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބާއްވާ ސިލްސިލާ އިޙްޔާ ފޯރަމްތަކުގެ ތެރެއިން އަތޮޅުތެރެއަށް ހާއްސަ ކޮށްފައިވާ ފޯރަމްތައް މިރޭ ފަށާނެއެވެ. 

އިސްލާމީކަންތައްތަކާއި ބެހޭ ވުޒާރާއިން ހާމަކުރައްވާފައިވާ ގޮތުގައި މި ޕްރޮގްރާމް ފެށިގެންދާނީ ގދ. ގައްދޫގައި ބާއްވާ ފޯރަމުންނެވެ.

ގައްދޫގައި ބާއްވާ މި ފޯރަމްގައި "ނުރަނގަޅު އާދަތައް ދޫކުރުން" މި މައުޟޫއަށް މައުލޫމާތު ދެއްވާނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އައްޝައިޚް ޢަބްދުﷲ ސަޢުދާން އެވެ. މި ފޯރަމް އޮންނާނީ މިރޭ 21:30 ގައި ގައްދޫގެ ޓަރފް ވޮލީ ކޯޓުގައެވެ.

މި ރަމަޟާން މަހު މާލޭގައި 8 އިޙްޔާ ފޯރަމް އަދި އަތޮޅުތަކުގެ 7 ރަށެއްގައި އިޙްޔާ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި އަދި އަތޮޅުތަކުގެ ފޯރަމްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ކޮންމެ ހުކުރު އަދި އަންގާރަ ދުވަހެއްގެ ރޭ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައި ވެއެވެ.

Advertisement
Advertisement

އަތޮޅުތަކުގައި ބާއްވާ ފޯރަމްގައި ވާހަކަދައްކަން ހަމަޖެހިފައިވާ ފަރާތްތައް:

  • އައްޝައިޚް ޢަލީ ޝަހީދު - ހދ. ނާވައިދޫ - މާރިޗު 7
  • އަލްއުސްތާޛު އުސާމް މުހައްމަދު ސައީދު ހއ. ބާރަށް - މާރިޗު 11
  • އައްޝައިޚް އިމްތިޠާޢު އައްބާސް - ތ. ގުރައިދޫ - މާރިޗު 14
  • އަލްއުސްތާޛު މުޙައްމަދު ފިރުޒުލް އަބްދުﷲ ޙަލީލް - ފުވައްމުލަކު ސިޓީ - މާރިޗު 18
  • އައްޝައިޚް ނިމާލު މުޙައްމަދު - ނ. މަނަދޫ - މާރިޗު 21
  • އައްޝައިޚް އާޒިމް ޚާލިދު - ރ. މީދޫ - މާރިޗު 25

މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ 8 ފޯރަމުގެ ތެރެއިން އެންމެ ފުރަތަމަ ފޯރަމް ވަނީ ބާއްވާފައެވެ. މި ފޯރަމުގައި ވާހަކަ ދައްކަދެއްކެވީ އިސްލާމީކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. 

މީގެ އިތުރުން ސްކޫލުކުދިންނަށް ހާއްސަކޮށްގެންވެސް 6 ފޯރަމެއް ކުރިއަށް ގެންދިއުމަށް މިނިސްޓްރީން ވަނީ ނިންމަވާފައެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement