ކުރިން ކުރި އިއުލާން ބާތިލްކޮށް އޭސީސީގެ މެންބަރުކަމަށް ކުރިމަތިލުމަށް އަލުން ހުޅުވާލައިފި

ކުރިން ކުރި އިއުލާން ބާތިލްކޮށް އޭސީސީގެ މެންބަރުކަމަށް ކުރިމަތިލުމަށް އަލުން ހުޅުވާލައިފި

ރައީސުލްޖުހޫރިއްޔާގެ އޮފީހުން ވަނީ މިމަހުގެ 8 ވަނަ ދުވަހުވެސް އޭ.ސީ.ސީގެ މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލާފައެވެ.

1 year ago - 08:56
Advertisement
Advertisement

އެންޓީ ކޮރަޕްޝަން ކޮމިޝަންގެ ހުސްވެފައިވާ 2 މަގާމަށް ކުރިމަތިލުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައިފިއެވެ.

ރައީސުލްޖުހޫރިއްޔާގެ އޮފީހުން ވަނީ މިމަހުގެ 8 ވަނަ ދުވަހުވެސް އޭ.ސީ.ސީގެ މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ އޭ.ސީ.ސިގެ މެންބަރު ކަމަށް ކުރިމަތި ލުމުގެ ފުރުސަތު ހަމަވާނީ މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

އޭސީސީގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލާފައި ވަނީ އެކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައި ކުރިން ހުންނެވި އަބްދުއްސަލާމާއި ކޮމިޝަންގެ މެންބަރު ތޯހާ މުހައްމަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ސަލާމާއި ތޯހާ އިސްތިއުފާ ދެއްވާފައި ވަނީ އެ ދެބޭފުޅުން މަގާމުން ދުރުކުރަން މިދިޔަ ނޮވެންބަރު މަހުގެ 24ވަނަ ދުވަހު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement