50 މިލިއަން ޑޮލަރު ދެއްކުން އިންޑިޔާއިން ފަސްކޮށްދީފި
ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުުފުޅުގައި ޒަމީރާ ބައްދަލުކުރައްވަނީ: ފޮޓޯ-ފޮރިންގ މިނިސްޓްރީ

50 މިލިއަން ޑޮލަރު ދެއްކުން އިންޑިޔާއިން ފަސްކޮށްދީފި

2 months ago - 09:00
Advertisement
Advertisement

މިމަހުގެ ނިޔަލަށް އިންޑިޔާގެ ސްޓޭޓް ބޭންކަށް ދައްކަން އޮތް 50 މިލިއަން ޑޮލަރު ދެއްކުން އެއް އަހަރަށް ފަސްކޮށްދީފި އެވެ. އިންޑިޔާ ހައި ކޮމިޝަނުންވެސް އިއްޔެ ވަނީ އެޔަގީންކަން ދީ ބަޔާނެއްވެސް ނެރެފައެވެ.

މިމަހު ދައްކަން އޮތް 50 މިލިއަން ޑޮލަރަކީ ސްޓޭޓް ބޭންކް އޮފް އިންޑިޔާ (އެސްބީއައި) އަށް ސަރުކާރުން ވިއްކި ޓީ ބޮންޑްގެ ތެރެއިން ނުދައްކާ އޮތް 50 މިލިއަން ޑޮލަރެވެ. ބަޖެޓް ސަޕޯޓަށް 2019 ވަނަ އަހަރު އޭރުގެ ސަރުކާރުން ނެގި 200 މިލިއަން ޑޮލަރުގެ ތެރެއިން 150 މިލިއަން ޑޮލަރަކީ 50 މިލިއަން ޑޮލަރުގެ ތިން ޓީ ބިލެވެ. 50 މިލިއަން ޑޮލަރުން އިންޑިޔާއިން ދިނީ ހިލޭ އެހީގެ ގޮތުގައެވެ.

ޓީ ބިލްގެ ގޮތުގައި ދިން 150 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރު މިއަހަރުގެ މެއިމަހު ދައްކަން ޖެހުމުންވެސް އިންޑިޔާއިން ވަނީ އަހަރަކަށް ފަސް ކޮށްދީފައެވެ. އޭގެކުރިން ޖެނުއަރީ މަހު ސަރުކާރުން 50 މިލިއަން ޑޮލަރު ދެއްކިއެވެ. އެހެންކަމުން 100 މިލިއަން ޑޮލަރު ދެން ދައްކަން ޖެހޭނީ އަންނަ އަހަރު އެވެ.

އެފައިސާ ދެއްކުން ފަސްކޮށްދިނުމަށް ސަރުކާރުން އެދުނީ މޭ މަހު އިންޑިޔާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައެވެ. އެދަތުރުފުޅުގައި އެމަޝްވަރާތައް ކުރެއްވިއެވެ. ފައިސާ ދެއްކުން ފަސްކޮށްދިނުމުން ފޮރިންގ މިނިސްޓްރީން ނެރުނު ބަޔާނުގައި ރާއްޖޭގެ ބަޖެޓް ސަޕޯޓަށް އިންޑިޔާއިން ވެދޭ އެހީތެރިކަން ފާހަގަކޮށް ވަނީ ޝުކުރު އަދާކޮށްފައެވެ.

Advertisement
Advertisement

" މި އެހީތެރކަން ލިބިގެން މިދިޔައީ އިގުތިސާ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ފިސްކަލް ކޮންސޮލިޑޭޝަން ޕްރޮގްރާމެއް އެކުލަވާލުމުގެ މަސައްކަތް ދިވެހި ސަރުކާރުން ކުރަމުން އަންނަ ދުވަސްވަރެއްގަ އެވެ" ބަޔާނުގައި ވެއެވެ.

މިސަރުކާރު ވެރިކަމަށް އިންތިޚާބުވިއިރު އިންޑިޔާއާ އޮތް ގުޅުން ގޯހެވެ. ސަރުކާރުގެ ކުރީކޮޅުވެސް އެގުޅުން އޮތީ ގޮސްކޮށެވެ. އެކަމަކު ސަރުކާރުން މިހާރު ވަނީ މަޝްވަރާކޮށް ގުޅުން ބަދަހިކޮށްފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement